ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 15:08
މަންމަ އޭނާގެ ދަރިފުޅަށް ނަސޭހަތް ދެނީ
މަންމަ އޭނާގެ ދަރިފުޅަށް ނަސޭހަތް ދެނީ
ގޫގުލް
ކުޑަކުދިން
މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ
 
ދަރިންނާއި ދިމާލަށް ހަޅޭލަވައި އަނިޔާ ކުރަންތަ؟ ކުރާކަމަށްވާނަމަ އަދި ތިކަންކުރެވެނީ ރަނގަޅަކަށްނޫން.

ދާދި ފަހުން އެމެރިކާގެ ޕެންސްލެވޭނިއާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާރގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ހަރުކަށިކޮށް ހަޅޭއްލަވައި އަނިޔާކޮށްގެން ބަލައިބޮޑުކުރާ ކުދިންނަށް، އެ ކުދިންގެ މައިންބަފައިންނަށްވުރެ އެކުގައި އުޅޭ ގާތް ރައްޓެހިން މާ މުހިންމުވެގެންދާކަން ސާބިތުވެއްޖެއެވެ.

ހަމައެހެންމެ މައިންބަފައިންގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި ވިސްނުމާއި އަދިވެސް އެހެނިހެން މުހިންމު ކަންތައްތަކަށް ނޭދެވޭ  އަސަރުތަކެއް ފޯރަމުންދާކަމަށް މި ދިރާސާގައި ފާހަގަވެފައިވެއެވެ.

އޭގެތެރޭގައި ކިޔެވުމަށް ފޫހިވެ، ސްކޫލްގައި ދޭ ފިލާވަޅުތައް ނުހަދައި، އެކުގައި އުޅޭ ރައްޓެހިންނާއި އެކު ގިނަ ވަގުތުތައް ހޭދަކުރުމަށް އެ ކުދިން އާދަވެގެންދެއެވެ. ހަމައެހެންމެ ރައްޓެހިންނާ އެކީގައި އުޅޭ އުޅުމުގައި ތަންތަނުގައި ހެދިފައި ހުންނަ ޤާނޫނާއި ޤަވާއިދުތަކަށް ބޯނުލެބުންފަދަ ކަންތައް ކުރަން އެކުދިން ޝަޢުޤުވެރިވެގެންދާކަމަށް ވެސް މި ދިރާސާއިންވަނީ ފާހަގަވެގެންގޮސްފައެވެ.

މި ދިރާސާގެ ލީޑަރު ރޮޝެލް އެފް ހެންޓެޗްސް ވިދާޅުވެފައިވާ ގޮތުގައި، މި ގޮތަށް ބަލައިބޮޑުކުރާ ކުދިންގެ ކިޔެވުމުގެ ފެންވަރު އިންތިހާ ދަރަޖައަކަށް ދަށްވެގެންދެއެވެ.

އަދި ހަމައެހެންމެ ސިދާ އަދި ނުސީދާކޮށް ވެސް މައިންބަފައިންނަށް ކުރެވޭ ކަމެއްގެ ސަބަބުން ކުއްޖާގެ އަޙުލާޤަށް ބަދަލު އައިސް، މައިންބަފައިންނާއި ކުއްޖާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހީނަރުވެގެން ދާކަމަށް ވެސް މި ދިރާސާއިން ފާހަގަވެގެން ގޮސްފައިވެއެވެ.

ހަމައެއާއިއެކު މައިންބަފައިންގެ ނޭދެވޭ އެކި އަމަލުތަކުގެ ސަބަބުން ކުއްޖާ ހެދިބޮޑުވަމުން އަންނައިރު، ތަފާތު އެކިވަރުގެ ކުށްތަކަށް ކުއްޖާ އަރައިގަތުމަށް މަގުފަހިވެގެންދާކަމަށް ވެސް މި ދިރާސާއިން ސާބިތުވެގެން ގޮސްފައިވެއެވެ. އެގޮތުން ފިރިހެން ކުއްޖެއްނަމަ ވައްކަންކުރުމާއި މާރާމާރީތަކުގައި ބައިވެރިވުން ހިމެނޭއިރު، އަންހެންކުއްޖެއްނަމަ ޅަ އުމުރުގައި ބަދު އަޚުލާޤީ ޢަމަލުތައް ހިންގުމުގައި ބައިވެރިވެގެން ދިޔުން ހިމެނިގެންދެއެވެ.

 މި ދިރާސާ ކުރިއަށް ގެންދިޔުމަށްޓަކައި އެމެރިކާގެ ވޮޝިންގްޓަންގެ 1482 ކުދިން ބައިވެރިކޮށްފައިވާއިރު، މިއީ ތަފާތު އެކި އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު ހެދިފައިވާ ދިރާސާއެއްކަމަށް މި ދިރާސާގައި ބައިވެރިވި ބައެއް އިސް ލީޑަރުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް