ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 13:55
އަކްޝޭ އާއި ކަރީނާ
އަކްޝޭ އާއި ކަރީނާ
ގެޓީ އިމޭޖަސް
ބޮލީވުޑް
'ގުޑް ނިއުސް' ރިލީޒްކުރާ ތާރީހު ބަދަލުވެއްޖެ
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 6 ގައި

އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ގުޑް ނިއުސް" ރިލީޒް ކުރާ ތާރީހު ބަދަލުވެއްޖެއެވެ.

މި ފިލްމު މި އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު މި ފިލްމް ރިލީޒް ކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް ފިލްމްގެ ޕްރޮޑިސަރ ކަރަން ކޮށްފައިވާ ޓްވީޓްގައި ވަނީ މި ފިލްމް ރިލީޒް ކުރާނެ ތާރީޚަކީ މިއހަރުގެ ސެޕްޓެމްބަރު މަހުގެ 6 ކަމަށެވެ.

ފިލްމުގައި ކަރީނާ އާއި އަކްޝޭ ފެނިގެން ދާނީ ދެމަފިރިންގެ ރޯލުންނެވެ. އަދި މި ފިލްމުގައި ކަރީނާ އާއި އަކްޝޭއަށް ދަރިޔަކު ނުލިބިގެން އުޅޭ މަންޒަރު ދައްކުވައިދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާޖް މެހެތާ ޑައިރެކްޓް ކުރާ މި ފިލްމްގައި ކަރީނާ އާއި އަކްޝޭގެ  އިތުރުން ކިއާރާ އަދްވާނީ އާއި ދިލްޖީތް ދޮސާންޖް ވެސް މި ފިލްމްގައި ފެނިގެންދާނެއެވެ.

އަކްޝޭ އާއި ކަރީނާ އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އަޖްނަބީ"، "ކަމްބަގްތް އިޝްގް"، "ތާޝަން"، "އެއިތްރާޒް" އަދި "ބޭވަފާ" ހިމެނެއެވެ. "ގުޑް ނިއުސް" އަށް ފަހު ކަރީނާ ފެނިގެންދާނީ "ތަޚްތް" އިންނެވެ. އަދި އަކްޝޭ ފެނިގެންދާނީ "ކޭސަރީ" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް