ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 08:28
މަޝްހޫރު ކައިލީ ކޮސްމެޓިކްސްގެ ވެރިޔާ ކައިލީ ޖެނާ
މަޝްހޫރު ކައިލީ ކޮސްމެޓިކްސްގެ ވެރިޔާ ކައިލީ ޖެނާ
ގެޓީ އިމޭޖަސް
ކައިލީ ޖެނަރ
ކައިލީ މި އަނބުރަނީ ކޮން ގޭސް ގަނޑެއްބާ!
ކައިލީގެ މި ސިއްރު ޕްރޮޖެކްޓަކީ ކޮބައިކަން އެއްވެސް މީހަކަށް އަދި ނާންގާ

ރިއަލިޓީ ޓީވީ ސީރީޒް "ކީޕިން އަޕް ވިތު ކާޑޭޝިއަން"ގެ ތަރި އަދި މަޝްހޫރު ކައިލީ ކޮސްމެޓިކްސްގެ ވެރިޔާ ކައިލީ ޖެނާ ކޮށްފައިވާ ޓްވީޓަކުން އޭނާގެ އެތައް ހާސް ފޭނުންނެއް ސުވާލުމާކެއްގެ ތެރެއަށް ވައްޓާލައިފިއެވެ.

"އަހަރެންގެ ފޭނުންނަށް ހިއްސާކުރަން ބޭނުން ވަރަށް ބޮޑުކަމެއް ކުރިއަށް އެބައޮތް. އަހަރެން މި 'ކައްކާތާ' ދުވަސްކޮޅެއް ވެއްޖެ. މި އާ ކަންތައް ހިއްސާކުރަން މިހިރީ ކެތްމަދުވެފައި" ކައިލީގެ އަމިއްލަ ޓްވިޓާގައި ހޯމަ ދުވަހު އޭނާ ބުނެފައިވެއެވެ.

ކައިލީގެ ފޭނުން މި ޓްވީޓާއި އެކު ކެކި އަރައިގަތެވެ. އެމީހަކަށް ހީވާގޮތަށް ގެސްކުރަމުން ދިޔައެވެ.

މި ޓްވީޓާއި ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާގައި އެކަކު ބުނެފައިވަނީ ކައިލީ ދެވަނަ ދަރިފުޅަކަށް ބަލިވެއިނީ ކަމަށެވެ. ޖަވާބުގައި ކައިލީ ބުނެފައިވަނީ ހިނގައިގެން އުޅެނީ އެފަދަ ކަމެއް ނޫން ކަމަށެވެ. ބައެއް ފޭނުން ބުނެފައިވަނީ އޭނާގެ ފުރަތަމަ ލަވަ ރިލީޒް ކުރަން އުޅޭކަމަށް ބެލެވޭ ކަމަށެވެ. ފޭނަކުން މިހެން ބުނުމުން ކައިލީ ޖަހާލީ ހިނިގަނޑެކެވެ.

ޔަގީނުންވެސް އެއީ އޭނާގެ ކޮސްމެޓިކްސް ވިޔަފާރިއާއި ގުޅުމެއް ހުރިކަމެއް ނޫންކަން އޭނާ ވަނީ ޓްވިޓާގައި ފޭނުންނަށް ޔަގީންކޮށްދީފައެވެ. އެހެންކަމަށް ވާނަމަ އޭނާގެ ޓްވީޓްގައި ބުނެފައިވާގޮތަށް ކެއްކުމާއި ގުޅުން ހުރި ފޮތެއް ނެރެނީބާއޭވެސް ބައެއް ފޭނުން "ގެސް" ކޮށްފައިވެއެވެ.

ކޮންމެއަކަސް ކައިލީގެ މި ސީކްރެޓް ޕްރޮޖެކްޓެކޭ ކިޔައި އަނބުރާ ގޭސްގަނޑު އެކަކަށްވެސް ގެސްކުރެވުނު ހެނެއް ހިޔެއްނުވެއެވެ. އަދި ކައިލީވެސް އަދި އެކަން އޮތީ ސިއްރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް