ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 08:47
އާމިރު ޚާން
އާމިރު ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ގަޖިނީގެ ދެވަނަ ބައެއް ކުޅުމަށް އާމިރު ޚާން ތައްޔާރުވަނީތަ؟
އާމިރު ވަނީ ޚާއްސަ ރޯލެއް ކުޅުމަށްޓަކައި އޭނާގެ ހަށިގަނޑު ވަރުގަދަ ކުރަމުންދާ ކަމުގެ އިޝާރާތެއް ކޮށްފަ

އާމިރު ޚާން ލީޑްރޯލުން ފެނިގެންދިޔަ ކާމިޔާބު ފިލްމް "ގަޖިނީ"ގެ ދެވަނަ ބައެއް އުފައްދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމުގެ ދެވަނަ ބައެއް ކުޅުމަށް ތައްޔާރު ވަމުން އަންނަ ކަން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އާމިރު ވަނީ ޚާއްސަ ރޯލެއް ކުޅުމަށްޓަކައި އޭނާގެ ހަށިގަނޑު ވަރުގަދަ ކުރަމުންދާ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ނަމަވެސް ހަށިގަނޑު ވަރުގަދަ ކުރަނީ މި ފިލްމަށް ތައްޔާރު ވުމަށް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

"ގަޖިނީ" ޕްރޮޑިއުސަރުން ކަމަށްވާ މަދޫ މަންޓޭނާ އާއި އަލޫ އަރުވިންދް "ގަޖިނީ" ގެ ދެވަނަ ބައެއް އުފައްދަން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން ރަޖިސްޓްރީ ކޮށްފައި ވީނަމަވެސް ފިލްމުގައި އާމިރްޚާން ފެންނާނެ ކަމުގެ ޔަގީން ކަމެއް އަދި ނުދެއެވެ.

2008 ވަނަ އަހަރު ރިލީޒް ކުރި "ގަޖިނީ" ވެގެން ގޮސްފައިވަނީ އާމިރް ޚާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު އަދި އޭނާގެ އެންމެ މޮޅު އެކްޓިން އެއް ފެނިގެންދާ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ގިނަ ބަޔަކު ގަބޫލު ކުރާ ފިލްމަށެވެ.

"ގަޖިނީ" އަކީ އިންޑިއާގެ ވިޔަފާރިވެރިއަކަށް ދިމާވާ ބޮޑު ހާދިސާއެއްގައި ހަނދާން ނެތޭ ބަލި ޖެހި މީހެއްގެ ކިބައިން ބަދަލު ހިފުންތަކެއް ދައްކުވައިދޭ ތަފާތު ފިލްމެކެވެ.

މި ފިލްމްގައި އާމިރު އާއި އެކު ފެނިގެން ގޮސްފައިވަނީ އާސިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް