ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 08:51
ޝާހުރުކް ޙާން
ޝާހުރުކް ޙާން
ގޫގުލް
ބޮލީވުޑް
ޝާހުރުކް ޑޮން 3 ކުޅުމަށް ރާކޭޝް ޝަރުމާގެ ބަޔޯޕިކް ދޫކޮށްލީތަ؟
ޑޮން 3 ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު

ޝާހުރުކް ޚާން "ޑޮން 3" ކުޅުމަށް ރާކޭޝް ޝަރުމާގެ ބައޯޕިކް "ސާރޭ ޖަހާންސެ އައްޗާ" ދޫކޮށްލީ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޝާހުރުކް ޚާން އެންމެ ފަހުން ކުޅުނު ފިލްމް "ޒީރޯ" ގެ ނާކާމިޔާބަށްފަހު ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުގައި ނޫނީ އިތުރު ފިލްމެއްގައި މަސައްކަތް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާކެޝް ޝަރުމާގެ ބަޔޯޕިކް ދޫކޮށްލާކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މީހުންނަށް ބޮޑަށް އެނގޭ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ޝާހުރުކް އެ ފިލްމް ދޫކޮށްލަފާނެއެވެ.

"ޒީރޯ" އަށް ފަހު ޖައްވުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް ނުކުޅެން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ތަހުލީލްތައް ކުރާ ފިލްމް ތަކާއި ފިލްމް ބަލާ އޯޑިއޯންސަން އެހާ ކަމުނުދާ ރޯލުތައް އޭނާ ކުޅެން ބެނުން ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޑޮން" ސީރީޒްގެ ތިންވަނަ ފިލްމަށް ކިޔަން ނިންމާފައިވަނީ "ޑޮން: ދަ ފައިނަލް ޗެޕްޓަރ" އެވެ.  އަދި މި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާކޭޝް ޝަރުމާގެ ބަޔޯޕިކް ކުޅުމުގެ ފުރުސަތު ފުރަތަމަ ދީފައިވަނީ އާމިރު ޚާން އަށެވެ. ނަމަވެސް އާމިރު ވެބް ސީރީޒް އެއްގެ މަސައްކަތް ކުރަމުންދާތީ އެފިލްމްގައި މަސައްކަތް ކުރެވެން ނެތުމުން ޝާހުރުކްއަށް އެ އެއޮފަރ ވަނީ ދީފައެވެ.

އާމިރު ބުނެފައިވަނީ އެ ފިލްމްގެ ސްކްރިޕްޓް ވަރަށް ފުރިހަމަ ކަމަށާއި އޭނާ އެފިލްމްގައި މަސައްކަތް ކުރަން ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ. އަދި އޭނާ އަކީ ރާކެޝްގެ ބޮޑު ފޭނެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. އޭނާއަށް އެ ފިލްމްގައި މަސައްކަތް ކުރެވެން ނެތުމުން ދެރަވާ ކަމަށްވެސް ވަނީ ބުނެފައެވެ. ޝާހުރުކްއަށް ގުޅާ އެފިލްމްގެ ވާހަކަ ދެއްކި ކަމަށާއި ޝާހުރުކަށް އެފިލްމްގެ ސްކްރިޕްޓް ކަމުދިޔަކަމުން އެކަމާއި އުފާކުރާ ކަމަށް އާމިރު ވަނީ ކުރިން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް