ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 18:26
ސާރާ އަލީ ޚާން އާއި ކާތިކް އާރްޔަން
ސާރާ އަލީ ޚާން އާއި ކާތިކް އާރްޔަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކާތިކް ހުރީ ސާރާ އާއި އެކު ޑޭޓަކަށް ދާން ތައްޔާރަށް
ކޮފީއަށް ދާނެ ވަގުތަކާއި ގަޑިއެއް ބުނުމަށް ވަނީ އެދިފައި

އެކްޓަރ ކާތިކް އާރްޔަން ހުރީ ސާރާ އަލީ ޚާން އައި އެކު ކޮފީ ޑޭޓަކަށް ދާން ތައްޔާރަށް ކަމަށް އޭނާ ބުނެފިއެވެ.

"ކޮފީ ވިތް ކަރަން" ޗެޓް ޝޯގައި ކާތިކް އާއި އެކު ޑޭޓަކަށް ދާން ބޭނުވާކަމަށް ސާރާ ބުނުމުން ކާތިކް ސާރާ އާއި އެކުޑޭޓަށް ދާން ބޭނުންތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ކާތިކް ބުނެފައިވަނީ އޭނާ ހުރީ ކޮފީ ޑޭޓަށް ދާން ތައްޔާރަށް ކަމަށެވެ. ސާރާ އޭނާގެ ގާތު ދާނެ ތަނަކާއި ގަޑިއެއް ބުނުމަށް އޭނާ ވަނީ އެދިފައެވެ.

ކޮފީ ޑޭޓްގެ ވާހަކަ ދައްކަން ފެށުމާއި އެކު ސާރާގެ މަންމަ އަމްރީތާ ސިންގް ބުނެފައިވަނީ އެވާހަކަ ދެއްކުން ސާރާ ހުއްޓާލަން ޖެހޭ ކަމަށެވެ. ސަބަބަކީ ސާރާ އެވާހަކަ ވަރަށް ގިނަ ފަހަރު ދައްކާފައި ވުމުން އެކަމަށް ކާތިކްގެ ރިއެކްޝަން ބެލުމަށް ކަމަށެވެ.

އިމްތިޔާޒް އަލީގެ ދެން އަންނަން އޮތް ފިލްމްގައި ފެނިގެން ދާނީ ސާރާ އާއި ކާތިކް ކަމަށް ޚަބަރުތައް ބުނެއެވެ. އެ ފިލްމަކީ ލޯބީގެ ހެއްވާ މަޖާ ފިލްމެކެވެ.

ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރާ ފިލްމް "ލުކާ ޗުއްޕީ" އިންނެވެ.

 ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ސިމްބާ" އިންނެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް