ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 02:06
މޭޑް އިން ހެވަން ޕޯސްޓަރ
މޭޑް އިން ހެވަން ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޒޯޔާގެ ވެބް ސީރީޒް މޭޑް އިން ހެވަން މާޗް 8 ގައި
ސީރީޒް ޕްރޮޑިއުސް ކޮށްފައިވަނީ ރިތޭޝް ސިދްވާނީ އާއި ފަރްޚާން އަޚްތަރު

ޑައިރެކްޓަރ ޒޯޔާ އަޚްތަރުގެ ވެބް ސީރީޒް "މޭޑް އިން ހެވަން" މާރަޗް 8 ގައި ދައްކަން ފަށާނެ ކަމަށް އޭނާ ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޒޯޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އެ ސީރީޒްގެ ޕޯސްޓަރު ހިއްސާކޮށްފައެވެ.

އެމޭޒޮން ޕްރައިމް އިން ދައްކަން ފަށާ މި ސީރީޒް ގެ ޕޯސްޓަރު ޒޯޔާ އޭނާގެ އިންސްޓަގްރާމްގައި ޝެއަރކޮށް އެ ޕޯސްޓަރުގެ ކެޕްޝަންގައި ލިޔެފައިވަނީ "މެރިއޭޖަސް އާރ މޭޑް އިން ހެވަން" އެވެ.

އެ ޕޯސްޓަރުގައި ފެނިގެންދާ އަންހެން ތަރިންގެ ތެރޭގައި ސޮބްހިތާ ދުލިޕަލާ، ކަލްކީ ކޮއިޗްލިން އަދި ޝިވާނީ ރަގޫވަންޝް ހިމެނެއެވެ. ފިރިހެން ތަރިންގެ ތެރޭގައި ޖިމް ސާރބް، ޝަޝާންކް އަރޯރާ އަދި އަރުޖުން މަތުރު މި ސީރީޒް އިން ފެނިފެން ދާނެއެވެ.

 މި ސީރީޒް ޕްރޮޑިއުސް ކޮށްފައިވަނީ ރިތޭޝް ސިދްވާނީ އާއި ފަރްޚާން އަޚްތަރު އެވެ.

ޑައިރެކްޓް ކޮށްފައިވަނީ ޒޯޔާގެ އިތުރުން ނިތްޔާ މެހްރާ، ޕްރަޝާންތް ނެއިރް އަދި އަލަންކްރިތާ ޝްރިވާސްތަވާއެވެ.

 މި ސީރީޒްގައި ފެނިގެން ދާނީ ޓާރާއާއި ކަރަންގެ ނަންދެވިފައިވާ ދިއްލީގައި އުޅޭ ދެ ވެޑިން ޕްލޭނާއެކެވެ . އަދި ގްރޭންޑް ވެޑިން ސީޒަންއަކާއި އަދި އެތައް ދޮގަކާއި ސިއްރުތަކެއް މި ސީރީޒްގައި ފެނިގެންދާނެއެވެ.

ޒޯޔާ ގެ ފިލްމް "ގަލީ ބޯއީ" ދަނީ އަންނަ މަހުގެ ކުރީކޮޅު ބާލިން ފިލްމް ފެސްޓިވަލްގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 14 ގައެވެ. "ގަލީ ބޯއީ" ގައި ލީޑް ރޯލުން ފެނިގެން ދާނީ އާލިއާ ބަޓް އާއި ރަންވީރު ސިންގް އެވެ. މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ މުމްބާއީ މަގުމަތީގައި މިއުކިޒު ކުޅުމަށް ހަރަކާތްތެރިވާ ސްޓްރީރް ރެޕާސްއިންގެ މައްޗަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް