Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 01:12
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ.
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ.
ރާއްޖެ އެމްވީ
ފުވައްމުލަކު ކުޅީގައި ރޯވުން
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
ސަދަން އޭރިޔާ ސިފައިން ދަނީ އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުން
އަލިފާންގަނޑު ށުތެރެއަށް ފެތުރިދާނެ ކަމަކަށް ނުބެލެވޭ

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ފުވައްމުލަކު ކުޅީގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް ލިބުނީ ހޯމަ ދުވަހުގެ ރޭ 7:40 ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލުމަށްޓަކައި ސަދަން އޭރިޔާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރަށުތެރެއަށް އަލިފާންގަނޑު ފެތުރިދާނެ ކަމަށް ލަފާ ނުކުރެވޭކަމަށާއި އަލިފާން ރޯވެފައިވަނީ ކުޅީގައި ކަމަށެވެ.

ރާއްޖެ އެމްވީއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ހިފާފައެވެ.

ފުވައްމުލަކު ސިޓީ ޗަސް ބިމުގައިވެސް އިއްޔެ ވަނީ އަލިފާން ރޯވެފައެވެ.

ނަމަވެސް އަލިފާން ރޯވީ ކީއްވެގެން ކަމަށް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް