ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 20:42
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
'މަނިކަރްނިކާ'ގެ 'ބާރަތު' ލަވަ ރިލީޒް ކޮށްފި
ލައުންޗް ކޮށްފައި ވަނީ ނިއު ދިއްލީގައި ބޭއްވި ޚާއްސަ އިވެންޓެއްގައި

ކަންގަނާ ރަނައުތު ލީޑް ރޯލުން ފެނިގެންދާ ފިލްމް "މަނިކަރްނިކާ" ގެ "ބާރަތު" ލަވަ ރިލީޒް ކޮށްފިއެވެ.

"މަނިކަރްނިކާ" ޓީމުން މި ލަވަ އަންގާރަ ދުވަހު ލައުންޗް ކޮށްފައި ވަނީ ނިއު ދިއްލީގައި ބޭއްވި ޚާއްސަ އިވެންޓެއްގައެވެ.

މި ލަވަ ލައުންޗް ކުރުމުގެ ހަފްލާގައި ވަހަކަ ދައްކަމުން ކަންގަނާ ބުނެފައި ވަނީ މި ލަވައަކީ އެ ފިލްމްގެ ރޫހު ކަމަށާއި ދިއްލީއަކީ އިންޑިއާގެ ރޫހު ކަމަށެވެ. އެހެންކަމުން މި ލަވަ ލައުންޗް ކުރަން ދިއްލީއަށް ވުރެން ރަނަގަޅު ތަނެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. ދިއްލީގައި މި ލަވަ ލައުންޗްކުރުމަށް ގޮސްފައި ވަނީ އެހެންވެ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

 މި ލަވައިގެ ވީޑިއޯގައި ފެނިގެންދަނީ ތުއްތު ކުއްޖަކު ބޮޑުވެގެން ހިތްވަރު ގަދަ އަންހެނަކަށް ވެގެންދާ މަންޒަރެވެ.

"މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އަކީ ކަމާލް ޖެއިން އަދި ނިޝާންތު ޕިއްޓީ ޕްރޮޑިއުސްކޮށް ކްރިޝް ޖަގަރްލަ މުދީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

 މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް