ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 17:51
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ޖިނާއީ އިޖުރާތުގެ ގާނޫނާ ގާނޫނުލް އުގޫބާތުގެ އިތުރުން ހެއްކާ ބެހޭ ގާނޫނު އައުމުން ޝަރުއީ ދާއިރާ އަށް ބޮޑު އިނގިލާބެއް އަންނާނެ

ރާއްޖޭގައި އަމަލު ކުރަމުންދާ ސިސްޓަމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާޙް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަމުން ގާނޫނީ ވަކީލް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނީ އާނިޒާމެއް އައުމުން އެ ނިޒާމަށް ބަދަލުވާން ޖެހޭނެ ކަމަށެވެ. އެގޮތުން ނިޒާމާ އެއްގޮތަށް ގާނުނުތައް ބަދަލުކޮށް ހެދުމަކީ އޭނާ ގަބޫލުކުރާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުން ގާނޫނެއް ފާސްކުރާއިރު އެ ގާނޫނަކަށް އަމަލުކުރަން ވަކިމުއްދަތެއް ދީފައިވާ ނަމަ އެ މުއްދަތުގެ ތެރޭގައި އެ ގާނޫނަކަށް އަމަލުކުރަން ފަށަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ދައުލަތުގެ ކެރިފޯރުންތެރިކަން ނެތް ނަމަ ދުރާލާ، ވަގުތުދީގެން އެކަަމށް ތައްޔާރުވެ އަދި ގާނޫނު ތަންފީޒް ކުރަން ބޭނުންވާ މީހުންނާ ކަންތައްތައް ފުރިހަމަ ކރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަޅުގަނގޑުމެން އަމަލު ކުރަމުންދާ ނިޒާމާ އެއްގޮތަށް ގާނޫނުތައް ހަދާ ބަދަލު ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނާއި ގާނޫނޫލް އުގޫބާތުގެ އިތުރުން ހެއްކާ ބެހޭ ގާނޫނަށް އެކުއެކީގައި އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަކީ އިސްލާމީ ޝަރީޢަތާއި އަދި މިހާރު ދުނިޔޭގައި އަމަލުކުރަމުން އަންނަ އުސޫލްތަކަށް ފެތޭ ގޮތަށް ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުން ހާސިލްކުރަން ބޭނުންވާ މަގުސަދު އެންމެ ފުރިހަމަ އަށް ހާސިލް ކުރެވޭނީ ބިލް ގާނޫނަކަށް ވުމުން ވެސް އެ ގާނޫނުން މާއްދާތައް އުނިނުކޮށް ނުވަތަ ބާތިލް ނުކޮށް ބަލައިގަތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ،

- ކޮމެންޓް