މަޝްހޫރު ދެ ތަރިންގެ ގޮތުގައި ފާހަގަވެފައިވާ ރަންވީރު ސިންގާއި ދީޕިކާ ޕަދުކޯން ދާދި ފަހުން ކައިވެނިކޮށްފައިވާއިރު، މި ދެތަރިންނަށް ބެލުންތެރިންނާ މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެއެވެ.
އެންމެ ފަހުން ބްލޮކްބަސްޓަރ ފިލްމު ސިމްބާއިން ފެނިގެން ގޮސްފައިވާ ރަންވީރު ވަނީ ދީޕިކާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. އެގޮތުން ޑެއިލީ ނިއުސްޕޭޕައަށް ދިން އިންޓަވިއުއެއްގައި ރަންވީރު ބުނެފައި ވަނީ އޭނާގެ ހުރިހާ ވެސް ކާމިބީއެއްގެ ފަހަތުގައި ވަނީ އަންހެނުން ދީޕިކާ ކަމަށެވެ. އެގޮތުން އޭނާ ބުނީ އޭނާގެ ކެރިއަރ ބައްޓަން ކުރުމުގައި ދީޕިކާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
އަދި ކައިވެނިކޮށްގެން މިހާތަނަށް އައިރު ކުރެވުނު ތަޖުރިބާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެގޮތުން ޒުވާން ހުރިހާ ކުދިންނަށް ވެސް އަވަހަށް ކައިވެނި ކުރުމަށް ނަސޭހަތްތެރިވާ ކަމަށް ރަންވީރު ބުންޏެވެ.
ރަންވީރާއި ދީޕިކާ އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 'ޕަދުމަވާތު' އިންނެވެ.
ކާމިޔާބު ފިލްމުތައް ދެ މީހުން އެކުގައި ކުޅުމަށްފަހު ރަންވީރުގެ އެންމެ ފަހުގެ ފިލްމު ސިމްބާއަކީ ވެސް ބޮލީވުޑުގައި މަޝްހޫރުކަން ހޯދަމުން އަންނަ ފިލްމެކެވެ. ދެން އެންމެ އަވަހަށް ރަންވީރު ފެނިގެންދާނީ އާލިޔާ ބަޓްއާއި އެކު ގަލީ ބޯއީންނެވެ.