ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 16:12
އިމްރާން ހާޝްމީ އާއި ދަރިފުޅު އަޔާން
އިމްރާން ހާޝްމީ އާއި ދަރިފުޅު އަޔާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އިމްރާން ހާޝްމީގެ ދަރިފުޅު ކެންސަރު ބަލިން ސަލާމަތްވެއްޖެ
ހެޔޮ ދުޢާ ކޮށްދިން ފަރާތްތަކަށް އިމްރާން ވަނީ ޝުކުރުއަދާކޮށްފައި

ބޮލީވުޑް އެކްޓަރ އިމްރާން ހާޝްމީގެ ފިރިހެން ދަރިފުޅު އަޔާން ކެންސަރުބަލިން ސަލާމަތްވިކަން އޭނާ ހާމަކޮށްފިއެވެ.

ހޯމަ ދުވަހު އިމްރާން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާގެ ދަރިފުޅު ފަސް އަހަރަށް ފަހު ކެންސަރުބަލިން ސަލާމަތް ވެފައިވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅަށް ހެޔޮ ދުޢާ ކޮށްދިން ފަރާތްތަކަށް އިމްރާން ވަނީ ޝުކުރު އަދާކޮށްފައެވެ. އޭނާގެ ދަރިފުޅުގެ ތިން ފޮޓޯއާ އެކު ކޮށްފައިވާ މި ޓްވީޓްގައި އިމްރާން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުނަށް އެބަލިން ސަލާމަތްވާނެ ކަމަށް ބުނެ ހިތްވަރު ދީފައެވެ.

އަޔާންގެ ކިޑްނީއަށް ކެންސަރު ޖެހިފައި ވަނީ 2014 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ ތިން އަހަރުގައެވެ.

 އިމްރާން ވަނީ އޭނާގެ ދަރިފުޅަށް ކެންސަރު ޖެހުމާ ގުޅިގެން އެކަމުގައި އޭނާ ތަހަންމަލް ކުރި ވޭން ވަރަށް ތަފްސީލްކޮށް ލިޔެ "ދަ ކިސް އޮފް ލައިފް" ގެ ނަމުގައި ފޮތެއް ނެރެފައެވެ.

 އިމްރާން ހާޝްމީ 39، ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 25 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ވައި ޗީޓް އިންޑިއާ" އިންނެވެ.

- ކޮމެންޓް