Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 13:37
އުމަރު ނަސީރު
އުމަރު ނަސީރު
ޓްވިޓަރ
އުމަރު ނަސީރު
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
ކޯލިޝަނެއް ހަދައިގެން އެހެން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވެސް ވާދަކުރަން ޖެހިދާނެ

ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް ޓިކެޓް ލިބިވަޑައި ނުގެންނެވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށާއި އެގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވެސް ފެނިގެން ހިނގައިދާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް ނޫން އެހެން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ނަމަ އެކަން ކުރުމަށް ވިސްނަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސިޔާސީ އެކިއެކި ބޭފުޅުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ދާދިފަހުން އުމަރު ލަންޑަނަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ވިދާޅުވީ އެ ދަތުރުފުޅުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމްއާ އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ޖޭޕީގެ ކައުންސިލް މެމްބަރު ސޮބާހު ރަޝީދު ބައްދަލުކޮށް ވަރަށް ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް