ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 01:24
އެމްޕީއެލް ހޭންޑްބޯލް ޓީމުގެ ހެޑް ކޯޗު އަލީ ސޮފީހު ސާމިރު
އެމްޕީއެލް ހޭންޑްބޯލް ޓީމުގެ ހެޑް ކޯޗު އަލީ ސޮފީހު ސާމިރު
ރާއްޖެއެމްވީ
ހޭންޑްބޯލް
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
 
ރަޒްނީ އާއި ކީޕަރުގެ ފަރާތުން ފެނުނީ ތައްޓަށް ބޭނުންވެފައި ހުރި ވަރު
 
މިތައްޓާއެކު ހުރިހާ ކާމިޔާބެއް ހާސިލްވެއްޖެ
 
ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަޖެހޭ

މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ތައްޔާރުވީ އެމްޕީއެލް ކަމަށާއި އަދި މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ނުލިބި އޮތް ހަމައެކަނި ކާމިޔާބީ ވެސް ލިބިގެން ހިނގައްޖެ ކަމަށް އެމްޕީއެލްގެ ކޯޗު އަލީ ސޮފީހު ސާމިރު ބުނެފި އެވެ.

ހޮނިހިރު ދުވަހުގެރޭ ނިމިގެންދިޔަ ދެވަނަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެމްޕީއެލް އަށް ހޯދައިދިން ކޯޗު ބުނީ މި މުބާރާތަށް އެޓީމު ނުކުތީ ތަށި ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެހެން ކަމުން ފައިނަލް މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ސޮފީ ބުނީ މެޗުގައި އިދިކޮޅު ޓީމުން ދެއްކި ކުޅުމަކީ ވެސް މޮޅު ކުޅުމެއް ކަމަށާއި އަދި އެޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ވެސް މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ދެޓީމުގައި ވެސް މޮޅު ކުޅުންތެރިން ހިމެނުމާއެކު މެޗު ފެށިގެން އެންމެ ފުރަތަމަ ވެސް ބެލީ ބޮޑު ލީޑެއް ނެގުމަށް ކަމަށާއި އެގޮތުން ފުރަތަމަ ހާފުގައި އެލީޑު ނެގުމުން މެޗު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަހުމަދު ރަޒުނީއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސޮފީ ބުނީ އޭނާއަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އެޓީމަށް އޭނާ ގެނައީވެސް ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި އޭނާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިގެންދިޔަ ކަމަށްވެސް ސޮފީ ބުންޏެވެ.

އެމްޕީއެލްގެ ކީޕަރު އަހުމަދު އަޒްމީލް (އައްމި) އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮފީ ބުނީ އޭނާއަކީ އުންމީދީ ކީޕަރެއް ކަމަށާއި އެގޮތުން މިދިޔަ އަހަރަށް ވުރެން މިއަހަރު އޭނާގެ ފަރާތުން ފެނުނު ކުޅުމާމެދު މުޅި ޓީމުން ވެސް ހިތްހަމަޖެހޭ ކަމަށެވެ.

ސޮފީ ބުނީ މުޅި މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ އެންމެ ހިތްހަމަޖެހޭ ކުޅުން ކަމަށާއި އެހެން ނަމަވެސް އޭނާ ބޭނުންވި ނަމަ މިއަށްވުރެ ބޮޑު ތަފާތަކުން ވެސް މެޗު ކާމިޔާބު ކުރެވުނީސް ކަމަށެވެ.

ދެވަނަ އޮފީސް ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދީ ފައިނަލުގައި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ސްޓެލްކޯއާ ވާދަކޮށް 35 ޕޮއިންޓް 25 ޕޮއިންޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް