ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 01:17
ގައުމީ ފުޓުބޯޅަ ޓީމު
ގައުމީ ފުޓުބޯޅަ ޓީމު
ފޭސްބުކް
ފުޓުބޯޅަ
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
 
އަފްޣާނިސްތާނާ މިޔަންމާއިން މިހާރުވެސް ވަނީ ރާއްޖެއަށް ދައުވަތު ދީފައި
 
އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗް އަމިއްލަ ފަސްގަނޑުގައި

ޤައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ބައެއް ޤައުމުތަކުން ފުރުސަތު ލިބިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން ރާއްޖެއިން ގިނަ މަސައްކަތްތަކެއް މިފަހަރު ކުރާނެ ކަމަށާއި، އަދި ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް މިހާރުވެސް އެހެން ޤައުމުތަކުގެ ދަޢުވަތު ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އަފްގާނިސްތާނާ މިޔަންމާއިން މިހާރުވެސް ރާއްޖެއަށް ދަޢުވަތު ދީފައިވާ ކަމަށާއި މިދެޤައުމުންވެސް ދަޢުވަތު ދިނީ އެޤައުމުތަކުގައި މެޗްތައް ކުޅެން ކަމަށް ބައްސާމް ވިދާޅުވި އެވެ.

ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގައި ފުރަތަމަ މެޗް އަމިއްލަ ފަސްގަނޑުގައި ކުޅެން ޖެހޭތީ ވިސްނުން ހުރީ އެކުވެރިކަމުގެ މެޗްތައް ރާއްޖޭގައި ކުޅުމަށް ކަމަށާއި އެދެޤައުމާ ވާހަކަދައްކައިގެން މިމެޗްތައް ރާއްޖެއަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށްވެސް އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.

ޤައުމީ ޓީމްގެ ކޯޗް ޑެރެން ސްޓުވާޓް މިމަހުގެ 15ވަނަ ދުވަހު މާލެ އަންނާނެ ކަމަށާއި ކޯޗް ނިންމާ ގޮތަކަށް ކުރިއަށްދާން އެފްއޭއެމް ތައްޔާރު ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

އަވަށްޓެރި ސްރީލަންކާއިންވެސް ދެމެޗް ކުޅެން ދަޢުވަތު ދީފައިވާ ކަމަށާއި ލަންކާގެ އެދުމަކީ އެއް މެޗް މާލޭގައި ކުޅެ ދެވަނަ މެޗް ލަންކާގައި ކުޅުމަށް ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ، ފަލަސްތީން، ބޫޓާން އަދި އޮމާން އެވެ.

ފުރަތަމަ މެޗްގައި ރާއްޖެއިން މާޗް މަހު 28ވަނަ ދުވަހު ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ މާލޭގަ އެވެ. ދެވަނަ މެޗްގައި ޖޫން 13ގައި ރާއްޖެ ވާދަކުރަން ޖެހޭނީ ބޫޓާނާއެވެ. މިމެޗް ކުޅޭނީ ބޫޓާންގައެވެ. 4 ޓީމް ހިމެނޭ މިގްރޫޕްގެ ގަދަ ދެޓީމު 2019 ވަނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. ހަތަރު އަހަރުން އެއްއަހަރު ބާއްވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އޮސްޓްރޭލިއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް