Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 00:24
ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ހުސައިން މަނިކު އިސްލާމިކް ބޭބޭންކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު
ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ހުސައިން މަނިކު އިސްލާމިކް ބޭބޭންކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު
ރާއްޖެ އެމްވީ
ފައިސާ ދައްކަން ހުކުމް ކުރުން
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
ކުންފުނީގެ މައްޗަށް ހުކުމްކޮށްފައިވަނީ 3 އަހަރު ވަންދެން ޕެންޝަން ފައިސާ ދައްކާފައި ނުވާތީ

ޕެންޝަން ފައިސާ ދައްކާފައިނުވާތީ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޕެންޝަން ފައިސާ ނުދައްކައިގެން މިމަހުގެ 9 ވަނަ ދުވަހު ޖޫރިމަނާއާއެކު ޖުމްލަ 448،320 ރުފިޔާ ޕެންޝަން ސްކީމަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އާރު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މައްޗަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފައިނުވާ ކަމަށް އެ ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން ޕެންޝަން ފައިސާ ނުދެއްކުމުންނާއި ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޓް ގަވާއިދުން ހުށަހަޅާފައި ނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާއާއެކު ޖުމްލަ 448،320 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު ވެސް އެ މަހަކު ދައްކަންޖެހޭ ވަރު ޕެންޝަން އޮފީހަށް ދައްކައި ޚަލާސްކުރުމަށް އެހުކުމްގައި އެކުންފުންޏަށް ވަނީ އަންގާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް