ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 21:03
އެލްޓީ އާއި ޔޫއެން ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެލްޓީ އާއި ޔޫއެން ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ދެވަނަ އެމްބީއޭކަޕް
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
 
މުބާރާތުގެ އަންހެން ބައިގައި ވާދަކުރާނީ 3 ޓީމް
 
މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް

ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ އެމްބީއޭ ކަޕްގައި ޔޫއެން ފްރެންޑްސް އާއި ރެޑް ވިންގްސް ބާސްކެޓް ކްލަބް ކުޅުނު މެޗުތަކުން އެޓީމުތައް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެލްކިއު ސްޕޯޓްސްއާ ވާދަކޮށް ޔޫއެން ފްރެންޑްސް އިން މެޗު ކާމިޔާބުކުރީ 52 ޕޮއިންޓް 48 ޕޮއިންޓްގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔޫއެން ފްރެންޑްސް އަށް 15 ޕޮއިންޓް އެއްކޮށްދިން މުހައްމަދު ހަސަން އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރައިވެރިޔާ ސްޕޯޓްސް ކްލަބާ ވާދަކޮށް ރެޑްވިންގްސް އިން މެޗު ކާމިޔާބުކުރީ 81 ޕޮއިންޓް 40 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްވިންގްސް އަށް 39 ޕޮއިންޓް ހޯދައިދިން މުހައްމަދު އަޝްމަލް އަހުމަދު އެވެ.

މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ 3 ޓީމެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް