ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 20:37
އޮފީސް ނެޓްބޯލް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން އެމްޕީއެލް
އޮފީސް ނެޓްބޯލް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން އެމްޕީއެލް
ރާއްޖެއެމްވީ
އޮފީސް ހޭންޑްބޯލް މުބާރާތް
އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް
 
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ ސްޓެލްކޯ ބަލިކުރުމަށްފަހު
 
ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ޔޫތް މިނިސްޓްރީ ބަލިކުރުމަށްފަހު
 
މުބާރާތުގައި ފިރިހެން ހަތަރު ޓީމު ބައިވެރިވިއިރު، އަންހެން 8 ޓީމެއް ވަނީ ބައިވެރިވެފަ

ދެވަނަ އިންޓަ އޮފީސް ނެޓްބޯލް މުބާރާތުގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން އިމިގްރޭޝަން ހޯދިއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އަންހެން ޑިވިޝަން ފައިނަލް މެޗު ޔޫތް މިނިސްޓްރީއާ ވާދަކޮށް އިމިގްރޭޝަނުން ކާމިޔާބުކުރީ 29 ޕޮއިންޓް 14 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފާތިމަތު ރިޝްމާ އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު އަންހެން ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ފާތިމަތު ރިޝްމާ، ނަޝްފާ އާމިރާ، ޔޫތް މިނިސްޓްރީގެ ޝިޒްނާ ރަޝީދު، އައިޝަތު ނާޒިމާ، އިޝްރަތު ހަމީދު، އައިޖީއެމްއެޗްގެ އައިޝަތު ނަޒްރާ އަދި އައިޝަތު ޝަންނަ އިސްމާއިލް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ ސްޓެލްކޯއާ ވާދަކޮށް 35 ޕޮއިންޓް 25 ޕޮއިންޓުންނެވެ. ފިރިހެން ޑިވިޝަން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމްޕީއެލްގެ އަހުމަދު ރަޒުނީ މުހައްމަދު އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އެމްޕީއެލްގެ އަހުމަދު ރަޒުނީ މުހައްމަދު، އަބްދުﷲ ޒިޔާއު، އަހުމަދު އަޒްމީލް ބިން އާދަމް، މުހައްމަދު ފިރުނާޝް، ސްޓެލްކޯގެ ރިފްޝާން ރަޝީދު، އަހުމަދު ސާއިފް ނަސީމް އަދި ޕޮލިހުގެ އިސްމާއިލް އަހުމަދު އެވެ.

މި ފަހަރުގެ މުބާރާތުގައި ފިރިހެން ހަތަރު ޓީމު ބައިވެރިވިއިރު، އަންހެން 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް