ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 17:48
ބީބީ ރަނާސްއިން ބޭއްވި ދުވުމުގެ ތެރެއިން
ބީބީ ރަނާސްއިން ބޭއްވި ދުވުމުގެ ތެރެއިން
ފޭސްބުކް
ބީބީ ރަނާސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅާ ބީބީ ރަނާސްއިން ދުވުމެއް ބާއްވައިފި
 
ބީބީ ރަނާސްއިން ބޭއްވީ ފަސް ކިލޯ މީޓަރުގެ ދުވުމެއް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅާ ބީބީ ރަނާސްއިން ހުޅުމާލޭގައި ދުވުމެއް ބާއްވައިފިއެވެ.

ހުކުރު ދުވަހު ހުޅުމާލޭގައި "ބީބީއާއެކު މަވެސް ދުވާނަން" ޝިއާރުގެ ދަށުން ބީބީ ރަނާސްއިން ބޭއްވީ ފަސް ކިލޯ މީޓަރުގެ ދުވުމެކެވެ.

ބީބީ ރަނާސްއިން ބުނީ، މި ދުވުމަކީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމުގެ ނިޔަތުގައި ކުރިޔަށް ގެންދިޔަ ދުވުމެއް ކަމަށާއި، މި ދުވުމުގައި ގިނަ އަދަދެއްގެ އެންޖީއޯސްތައްވެސް ބައިވެރިވި ކަމަށެވެ.

ބީބީ ރަނާސްއިން ބުނީ، ބީބީން އަންނަނީ ހިލޭ ސާބަހަށް ކަސްރަތުކުރުމަށް ދަސްކޮށްދެމުން ކަމަށާއި، އެގޮތުން އެފަރާތުން ކުރިޔަށްގެންދާ ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

ބީބީ ރަނާސްއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި ކުޅިވަރު، ޚާއްޞަކޮށް ދުވުމުގެ ފައިދާ އަންގައިދީ، ހިލޭ ސާބަހަށް އެއްވެސް ފީއެއް ނެގުމަކާއިނުލާ އެކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި އުފައްދާފައިވާ ރަނިންގް ފެމިލީއެކެވެ.

އެގޮތުން މާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް ބީބީ ރަނަރސްގެ ގޮފިތައް އަންނަނީ އުފައްދާ ހިލޭ ތަމްރީނުތައްދީ ހަރަކާތްތައް ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް