ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 19:46
މަރިޔަމް މުހައްމަދު (މާޔަން) (ކ)
މަރިޔަމް މުހައްމަދު (މާޔަން) (ކ)
ޓްވިޓަރ
މަރިޔަމް މުހައްމަދު (މާޔަން)
ފީފާ ކައުންސިލް ގޮނޑިއަށް ކެމްޕޭން ކުރުމަށް މާޔަން އަބޫދާބީއަށް ފުރައިފި
 
މާޔަން ރާއްޖެ އަންނާނީ އަންނަ ބުރާސްފަތި ދުވަހު

އަންނަ އަހަރު އޮންނަ އޭއެފްސީ ކޮންގްރެސް އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމް އިން ނަން ހުށަހަޅާފައިވާ މަރިޔަމް މުހައްމަދު (މާޔަން) ގެ ކެމްޕޭން ފެށުމުގެ ގޮތުން އަބދޫދާބީއަށް ފުރައިފިއެވެ.

އަބޫދާބީގައި ހޮނިހިރު ދުވަހު ފަށާ އޭޝިއަން ކަޕްގެ ހުޅުމުގެ ރަސްމިއްޔާތާ ދިމާކޮށް މާޔަން އެ ގައުމަށް ފުރާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މާޔަން ބުނީ، މިއީ ކެމްޕޭން ފެށުމުގެ ގޮތުން ކުރާ އެންމެ މުހިންމު އެއް ދަތުރު ކަމަށާއި، މި ދަތުރުގައި ގައުމުތަކުގެ ފެޑެރޭޝަންތަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.  

އަބޫދާބީއަށް މާޔަން ކުރާ މި ދަތުރު ކުރިޔަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ. އެގޮތުން އަބޫދާބީގެ ދަތުރު ނިންމާލުމަށްފަހު އާދީއްތަ ދުވަހު މާޔަން ދާނީ ލަންކާއަށެވެ.

ލަންކާ އަށް މާޔަން ކުރާ ދަތުރުގައި އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާޔަން އެނބުރި ރާއްޖެ އަންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މާޔަން ބުނީ ގޮނޑި ކާމިޔާބު ވެއްޖެނަމަ، ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަ ކުރިއެރުންތައް ހޯދައިދެވޭނެ ކަމަށާއި، އެގޮތުން ހުއްޓިފައި ހުރި ފީފާގެ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ފީފާ ކައުންސިލް ގޮނޑިއަށް ކުރިމަތިލާފައި ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި، ނޯތް ކޮރެއާ އާއި، ފަލަސްތީނާއި އަދި ލާއޯސް އިންނެވެ. މި ގޮނޑި މިހާރު ފުރަމުން އަންނަނީ ބަންގްލަދޭޝް އިންނެވެ.

އަންނަ އަހަރު އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މާޔަން އަންނަނީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް މީގެކުރިން ކުޅުނު މާޔަން ވަނީ އޭއެފްސީ ވިމެންސް ކޮމެޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެފްއޭއެމްގައި ވިމެންސް ފުޓުބޯޅަ ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
100%
0%
0%
0%
0%
ކޮމެންޓް