ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 19:14
މެރެޑޯނާ (ކ) އާއި މެސީ (މ) އަދި ޕެލޭ (ވ)
މެރެޑޯނާ (ކ) އާއި މެސީ (މ) އަދި ޕެލޭ (ވ)
ގެޓީ އިމޭޖަސް
ލިއޮނެލް މެސީ
މެސީ ހުރީ މެރެޑޯނާ އާއި ޕެލޭގެ ލެވެލްގައެއް ނޫން: ޒިކޯ
 
މެސީ އާއި ޕެލޭ އަޅާ ވެސް ނުކިޔޭނެ

ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ހުރީ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރަޑޯނާ އާއި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޕެލޭގެ ލެވެލްގައި ނޫން ކަމަށް ބްރެޒިލްގެ ލެޖެންޑް ޒިކޯ ބުނެފިއެވެ.

އޮމްނިސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ޒިކޯ ބުނީ، މެސީ ހުރީ މެރަޑޯނާއާ ވަރަށް ކައިރި ލެވެލްއެއްގައި ކަމަށާއި، ޕެލޭއާ އަޅާ ވެސް ނުކިޔޭނެ ކަމަށެވެ.

އެގޮތުން ޒިކޯ ބުނީ، އަދިވެސް މެސީ ކައިރީގައި އޭނާ ހޮވާނީ މެރަޑޯނާ ކަމަށާއި، ޕެލޭއަކީ ފުޓުބޯޅަ ކުޅުންތެރިއެއް ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ހުރި ކުޅުންތެރިއެއް ކަމަށެވެ.

އެގޮތުން ޒިކޯ ބުނީ، މެސީއަށް ވޯލްޑް ކަޕެއް ހޯދިފައިނުވާއިރު، މެރަޑޯނާ އާއި ޕެލޭ އަތުގައި ވޯލްޑް ކަޕެއް އޮތުމަކީ އެ ދެ މީހުން ލެވެލްއަށް އޭނާއަށް ނުދެވޭ ކަމުގެ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން ޒިކޯ ބުނީ، ޕެލޭ އާއި މެރަޑޯނާ ކުޅުނުއިރު، ޖެރާޑް ޕީކޭ އާއި އަންދްރޭ އިނިއެސްޓާ އާއި ލުއިސް ސުއަރޭޒް އާއި ޒަވީ އާއި ނޭމާ ފަދަ ކުޅުންތެރިން ހިމެނޭ ޓީމަކަށް ކުޅެފައިނުވާ ކަމަށެވެ.

ބާސާ އިން ކެރިޔަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއަށް ކުޅުނު 657 މެޗުގައި 573 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު 128 މެޗުގައި 65 ލަނޑު ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި މެސީ ގިނަ ކާމިޔާބީތައް ބާސާއާ އެކު ހޯދާފައިވީ ނަމަވެސް އޭނާއަށް އާޖެންޓީނާ ގައުމީ ޓީމާ އެކު ހޯދުނީ 2008 ވަނަ އަހަރު އޮލިމްޕިކް ރަން މެޑަލް އަދި 2005 ވަނަ އަހަރުގެ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ވަނީ ފަސް ފަހަރު ޔޫރަޕިއަން ގޯލްޑެން ޝޫ އެވޯޑް ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
50%
25%
25%
ކޮމެންޓް