ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 16:32
ޓޮޓެންހަމްއަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން
ޓޮޓެންހަމްއަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން
ގެޓީ އިމޭޖަސް
ކްރިސްޓިއަން އެރިކްސަން
އެރިކްސަންގެ އެއްބަސްވުން އާކުރަން ޓޮޓެންހަމުން މަސައްކަތް ކުރަނީ
 
އެރިކްސަންގެ އެއްބަސްވުން ހަމަވާނީ މި ސީޒަނަށް ފަހު

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފިލްޑަރު ކްރިސްޓިއަން އެރިކްސަންގެ އެއްބަސްވުން އާކުރަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލްއިން ބުނީ، އެރިކްސަންގެ މުސާރަ ދެގުނައަށް ބޮޑުކޮށް އޭނާ ކްލަބުގައި ބަހައްޓަން ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމުގެ ކަންތައް ނިންމައި ސޮއިކުރާނެ ކަމަށެވެ.

ޓޮޓެންހަމްއާ އެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަކަށް ނުބެލެވެއެވެ. އޭނާ ސޮއިކުރަން އުޅޭ އާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ބާސާ އާއި ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ އުމުރުން 26 އަހަރުގެ އެރިކްސަން ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަޔަކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 250 މެޗުގައި 62 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓިމަށް ކުޅުނު 84 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް