ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 14:24
ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ
ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ
ގެޓީ އިމޭޖަސް
ކްރިސްޓިއަން ޕުލިސިޗް
ޗެލްސީން ޕުލިސިޗް ގެންނަން އެއްބަސްވިކަމެއް ނޭނގޭ: ސާރީ
 
ޕުލިސިޗްގެ ވާހަކަ މަހެއްހާ ދުވަސް ކުރިން ޗެލްސީން ދެއްކި

ޗެލްސީން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ކްރިސްޓިއަން ޕުލިސިޗް ގެންނަން އެއްބަސްވިކަން ނޭނގޭ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ޗެލްސީ އާއި ސައުތުހެމްޓަން ބައްދަލުކުރި މެޗަށް ފަހު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ސާރީ ބުނީ، ޕުލިސިޗް ޗެލްސީއަށް ސޮއިކުރާކަން ކުރިން އެނގިފައި ނެތް ކަމަށާއި، އޭނާއާ އެކު އެއްބަސްވުމަކަށް އައިކަން ވެސް އެނގިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް ޑޯޓްމަންޑް ދޫކޮށް، 64 މިލިއަން ޔޫރޯއަށް ޕުލިސިޗް ޗެލްސީއާ ގުޅެން ނިންމާފައިވާކަން ޗެލްސީން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން މި ސީޒަނަށް ފަހު އޭނާ ޗެލްސީއާ ގުޅޭނެ ކަމަށް ވެސް އެ ކްލަބުން ބުނެއެވެ.  

ސާރީ ބުނީ، މަހެއްހާ ދުވަސް ކުރިން ޕުލިސިޗްއާ ބެހޭ ގޮތުން ޗެލްސީން އެހި ކަމަށާއި، އެގޮތުން ޕޮޒިޓިވް ޖަވާބެއް ދީފައިވާނެ ކަމަށެވެ.

ޗެލްސީގެ ޑިރެކްޓާ މަރިނާ ބުނީ، ޕުލިސިޗްއަކީ ޖަރުމަން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިއެއް ކަމަށާއި، އެގޮތުން ހުނަރު ހުރި ޒުވާން ޕުލިސިޗަށް ޗެލްސީގައި ތަފާތު ދެއްކޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޖެނުއަރީ ޓްރާންސްފާގައި ޕުލިސިޗް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ލިވަޕޫލް އާއި އާސެނަލް އަދި ސްޕެއިންގެ ރެއާލް މެޑްރިޑް ވެސް ހިމެނެއެވެ.

ޑޯޓްމަންޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ޕުލިޗް ވަނީ ޑޯޓްމަންޑާއެކު ހޭދަކުރި 115 މެޗުގައި މިހާތަނަށް 15 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާ އެކު ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ.

އުމުރުން 20 އަހަރުގެ ޕުލިސިޗް ވަނީ އެމެރިކާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް