ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 01:57
މިއީ މޯނީ އާއި ރާޖްކުމާރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު
މިއީ މޯނީ އާއި ރާޖްކުމާރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު
ބޮލީވުޑް ލައިފް
މޭޑް އިން ޗައިނާ
މޭޑް އިން ޗައިނާގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
މިފިލްމު ރިލީޒްކުރާނީ އޮގަސްޓް 30ގައި

ބޮލީވުުގައި އަރަމުން އަންނަ ތަރި އަދި ކުރީގެ ނާގިންގެ ބަލަތާ މޯނީ ރޯއީ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު މޭޑް އިން ޗައިނާގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެނިގެން މޯނީ ރޯއީ އާއެކު ފެނިގެންދާ ކޯ-ސްޓަރ ރާޖްކުމާރު ރާއޯ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މިފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު މިއީ މޯނީ ރޯއީ އާއި ރާޖްކުމާރު ރާއޯ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މިކިލް މުސޭލް ޑައިރެކްޓްކޮށް، ޑިނޭޝް ވިޖެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ފެނިގެން ދަނީ ގުތްރާތީ ވިޔަފާރިކުރާ ފިރިހެނަކު ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށް ކުރަމުންދާ މަސައްތަކުގެ މައްޗަށެވެ. މި ފިލްމުގައި މޯނީ ފެނިގެންދަނީ ރާޖުކުމާރުގެ އަންހެނުންގެ ރޯލުންނެވެ.

މިފިލްމުގެ ފުރަތަމަ ޕޯސްޓަރު މޯނީ ވަނީ ޓުވީޓްކޮށްފައެވެ. އެފޮޓޯއިން ފެންނަ ގޮތުގައި ޗަައިނާގެ މަގުމަތީގައި ރާޖްކުމާރު އެކަނި ފެނިގެންދަނީ އެކަނިއެވެ.

މޭޑް އިން ޗައިނާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 30، 2019ގައެވެ.

ރާޖްކުރާމު ރާއޯ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު ތަކުގެ ތެރޭގައި ސޯނަމް ކަޕޫރާއި އެކު 'އެކް ލަޅްކީ ކޮ ދޭކާ ތޮއް އޭއިސާ ލަގާ' އަދި ކަންގަނާ ރަނައުތް އާއި އެކު 'މެންޓަލް ހެއި ކިޔާ' އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް