ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 23:06
ކްރިސްޓިއަން ޕުލިސިޗް
ކްރިސްޓިއަން ޕުލިސިޗް
ގެޓީ އިމޭޖަސް
ކްރިސްޓިއަން ޕުލިސިޗް
ޑޯޓްމަންޑް ދޫކޮށް ޕުލިސިޗް ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެ
 
ޕުލިސިޗް ޗެލްސީއަށް ބަދަލުވާނީ އަންނަ ސީޒަނުގައި

ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް، އެ ކްލަބަށް ކުޅެމުން އަންނަ އެމެރިކާގެ މިޑްފިލްޑަރު ކްރިސްޓިއަން ޕުލިސިޗް ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.  

ޕުލިސިޗް ޗެލްސީއަށް ބަދަލުވެފައިވަނީ 64 މިލިއަން ޔޫރޯއަށެވެ. މި އެއްބަސްވުމުގެ ދަށުން މި ސީޒަނުގެ ނިޔަލަށް ޑޯޓްމަންޑްގައި ޕުލިސިޗް މަޑުކުރާނެއެވެ. ނަމަވެސް ކުރިޔަށް އޮތް ސީޒަނުގައި އޭނާ ޗެލްސީއާ ގުޅޭނެއެވެ.

ޕުލިސިޗް ޗެލްސީއަށް ވިއްކާލަން ނިންމިކަން ޑޯޓްމަންޑުން ކަށަވަރުކޮށްދީފައިވާއިރު، ޗެލްސީންވެސް ވަނީ އޭނާ ގަތްކަން ކަށަވަރުކޮށްދީފައެވެ.

ޕުލިސިޗްގެ ޓްރާންސްފާ އަށްފަހު ޑޯޓްމަންޑުގެ ޑިރެކްޓަރ މައިކެލް އޯކް ބުނީ ޕްރިމިއާ ލީގުގައި ކުޅުމަކީ ޕުލިސިޗްގެ ހުވަފެނެއް ކަމަށާއި، އެހެންވެ ޕުލިސިޗްގެ ކޮންޓްރެކްޓް އެ ކްލަބަށް އާނުކުރެވުނު ކަމަށެވެ.

ޗެލްސީގެ ޑިރެކްޓާ މަރިނާ ބުނީ، ޕުލިސިޗް އަކީ ޖަރުމަން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔެއް ކަމަށާއި، އެގޮތުން ހުނަރު ހުރި ޒުވާން ޕުލިސިޗަށް ޗެލްސީގައި ތަފާތު ދެއްކޭނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޖެނުއަރީ ޓްރާންސްފާގައި ޕުލިސިޗް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ލިވަޕޫލް އާއި އާސެނަލް އަދި ސްޕެއިންގެ ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ޑޯޓްމަންޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ޕުލިޗް ވަނީ ޑޯޓްމަންޑާއެކު ހޭދަކުރި 115 މެޗުގައި މިހާތަނަށް 15 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ.

އުމުރުން 20 އަހަރުގެ ޕުލިސިޗް ވަނީ އެމެރިކާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް