ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 16:36
އައްޑޫގައި ބާއްވާ ފުޓުބޯޅަ ކޭމްޕްގެ ޕްރޮމޯޝަނަލް ޕޯސްޓަރު
އައްޑޫގައި ބާއްވާ ފުޓުބޯޅަ ކޭމްޕްގެ ޕްރޮމޯޝަނަލް ޕޯސްޓަރު
ފޭސްބުކް
ފުޓުބޯޅަ ކޭމްޕް
އައްޑޫގައި ސްޕެއިންގެ ވެލެންސިއާއިން ފުޓުބޯޅަ ކޭމްޕެއް ބާއްވަނީ
 
ފުޓުބޯޅަ ކޭމްޕް ފަށާނީ ހުކުރު ދުވަހު

އައްޑޫ ސިޓީގައި ސްޕެއިންގެ ވެލެންސިއާ އިން ފުޓުބޯޅަ ކޭމްޕެއް ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، މިއީ 2015 ވަނަ އަހަރު ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީ)އާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.

މަރޭ ވިދާޅުވީ، އެމްއޯޔޫގެ ދަށުން ޕްރޮޖެކްޓް ނުހިންގި ލަސްވީ އޭރު ދިމާވި ދަތިތަކާ ހެދި ކަމަށާއި، އެހެން ނަމަވެސް އެ ދަތިތަކެއް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

އެގޮތުން މަރޭ ވިދާޅުވީ، ހުކުރު ދުވަހު ފަށާ މި ފުޓުބޯޅަ ކޭމްޕްގައި ކޯޗިން ކޯހެއް ހިންގޭނެ ކަމަށާއި، އެ ކޯޗިން ކޯހުގެ ދަށުން ވެލެންސިއާގެ ޕޮލިޓެކްނިކް ޔުނިވާސިޓީގެ ސެޓްފިކެޓެއް ވެސް ލިބިގެންދާނެ ކަމަށެވެ.

މަރޭ ވިދާޅުވީ، މިއީ އައްޑޫގައި ޒުވާން ކުޅުންތެރިން އުފައްދާ، އެ ކުޅުންތެރިން ބައިނަލްއަގުވާމީ ލެވެލްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކުރާ ކަމެއް ކަމަށެވެ.

ޓީއެންޖީ ސްޕޯޓްސްއާ އެކު އެމްއޯޔޫގައި ސޮއިކުރުމަށް ފަހު - ފޮޓޯ: ފޭސްބުކް

މި ފުޓުބޯޅަ ކޭމްޕްގައި އުމުރުން 14 އަހަރާއި، 16 އަހަރާ ދެމެދުގެ ކުދިން އަދި 16 އަހަރާއި، 18 އަހަރާ ދެމެދުގެ ކުޅުންތެރިން ބައިވެރިވާނެއެވެ.

މީގެ އިތުރުން މި ފުޓުބޯޅަ ކޭމްޕް ހާއްސަވަނީ ކޭމްޕުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔަކާއި، އެންމެ މޮޅު ކޯޗު 10 ދުވަހުގެ ތަމްރީން ޕްރޮގްރާމަކަށް ސްޕެއިންގެ ވެލެންސިއާއަށް ފޮނުވުމަށް ވަނީ ހަމަޖެހުމެވެ.

ޓީއެންޖީ ސްޕޯޓްސްއިން އައްޑޫގައި ބައިނަލްއަގުވާމީ ފުޓުބޯޅަ އެކަޑަމީއެއް ހެދުމަށް ތައްޔާރުވަމުން އަންނައިރު، މިއީ އޭގެ ތެރެއިން ފުރަތަމަ ކުރިޔަށްދާ ޕްރޮގްރާމެވެ.

މި ފުޓުބޯޅަ ކޭމްޕް ކުރިޔަށްދާނީ ހުކުރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް