ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 16:52
އެމެރީ އާއި ރަމްސީ އެކުގައި
އެމެރީ އާއި ރަމްސީ އެކުގައި
ގެޓީ އިމޭޖަސް
އާރޮން ރަމްސީ
ޖެނުއަރީ ޓްރާންސްފާގައި ރަމްސީ އާސެނަލް ދޫކޮށްލާނެ ކަމަށް ނުބެލެވޭ: އެމެރީ
 
ރަމްސީ ހޯދުމަށް ޔުވަންޓަަސް އާއި ޕީއެސްޖީން މަސައްކަތް ކުރޭ

ޖެނުއަރީ ޓްރާންސްފާގައި އާސެނަލްއަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ އާރޮން ރަމްސީ އެ ކްލަބް ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ރަމްސީ ބުނީ، މިވަގުތު ރަމްސީ މަސައްކަތް ކުރަމުން އަންނަނީ އާސެނަލްއާއެކުގައި ކަމަށާއި، ޖެނުއަރީ ޓްރާންސްފާގައި އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެގޮތުން އެމެރީ ބުނީ، މި ސީޒަނުގެ ނިޔަލަށް ރަމްސީ އާސެނަލްގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އޭނާ ކްލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ރަމްސީ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުވަންޓަސް އާއި  ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެއެވެ.

ކުރިޔަށް އޮތް ސީޒަނަށް ފަހު އާސެނަލްއާ އެކު ރަމްސީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ބެލެވޭ ގޮތުގައި މި ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެއެވެ.

ކާޑިފް ސިޓީން 2006 ވަނަ އަހަރު ކެރިޔަރު ފެށި ރަމްސީ ވަނީ އެ ކްލަބަށް 22 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކާޑިފް ދޫކޮށް ރަމްސީ އާސެނަލް އަށް ބަދަލުވީ 2008 ވަނަ އަހަރެވެ.

ރަމްސީ ވަނީ އާސެނަލްއާ އެކު ހޭދަކުރި 10 ސީޒަނުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 353 މެޗުގައި 64 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ތިން އެފްއޭކަޕް އަދި ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އާސެނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފަވާ ރަމްސީ ވަނީ ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރު ހޯދާފައެވެ.

މީގެ އިތުރުން ރަމްސީ ވަނީ ވޭލްސް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 58 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް