ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 13:56
ސިޓީއަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ
ސިޓީއަށް ކުޅެމުން އަންނަ ބެނާޑޯ ސިލްވާ
ޓްވިޓަރ
ޕްރިމިއާ ލީގު
ލިވަޕޫލް އަތުން ބަލިވެއްޖެއްޔާ ލީގަށް ކުރާ އުންމީދު ނިމޭނެ: ސިލްވާ
 
ލިވަޕޫލް އާއި ސިޓީއާ ދެމެދު ހަތް ޕޮއިންޓްގެ ލީޑެއް އެބައޮތް

ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުން ސިޓީ ބަލިވެއްޖެ ނަމަ، ލީގަށް ކުރާ އުންމީދު ނިމުމަކަށް އަންނާނެ ކަމަށް ބެނާޑޯ ސިލްވާ ބުނެފިއެވެ.

ސިޓީއަށް ކުޅެމުން އަންނަ މިޑްފިލްޑަރު ސިލްވާ ބުނީ، ލީގުގައި ސިޓީއަށް އޮތް ޕްރެޝަރު ބޮޑު ކަމަށާއި، ލިވަޕޫލް އަތުން މޮޅުނުވެއްޖެ ނަމަ އެޓީމު ފަހަތަށް ޖައްސާލާ އެއްވަނަ ހޯދަން އުނދަގޫވާނެ ކަމަށެވެ.

ސިލްވާ ބުނީ ކޮންމެ މެޗަކަށް ވެސް ނިކުންނަނީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، ލިވަޕޫލް މެޗަށް ވެސް ނިކުންނާނީ ތިން ޕޮއިންޓަށް އަމާޒު ހިފައިގެން ކަމަށެވެ. އެގޮތުން މެޗުން މޮޅުވާން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ސިލްވާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިލްވާ ބުނީ، މިހާރު ސިޓީ އާއި ލިވަޕޫލްއާ ދެމެދު އޮތީ ހަތް ޕޮއިންޓްގެ ފަރަގެއް ކަމަށާއި، މެޗު ކާމިޔާބުކުރުމުން ފަރަގު ހަތަރު ޕޮއިންޓަށް ކުޑަ ވާނެ ކަމަށެވެ. އެގޮތުން އެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޕޮއިންޓް ތާވަލަށް ބަލާއިރު، ސިޓީ އޮތީ ކުޅުނު 20 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ލިވަޕޫލް އޮތީ ކުޅުނު 20 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 48 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ ދެވަނައިގައި އޮތް އިރު، ލިވަޕޫލުން ސިޓީ މެޗު ކާމިޔާބުކޮށްފި ނަމަ، އެ ޓީމު ދެވަނައަށް އަރާނެއެވެ.

ސިޓީ މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން 15 މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ. ބާކީ ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވާ ލިވަޕޫލް ކުޅުނު 20 މެޗުގެ ތެރެއިން 17 މެޗު ކުޅެފައިވާއިރު، އެޓީމު ތިން މެޗުން ވަނީ އެއްވަރުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް