ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 13:11
ރެއާލްއަށް ކުޅެމުން އަންނަ މާކަސް ލޮރެންޓޭ
ރެއާލްއަށް ކުޅެމުން އަންނަ މާކަސް ލޮރެންޓޭ
ގެޓީ އިމޭޖަސް
މާކަސް ލޮރެންޓޭ
ރެއާލްގެ ލޮރެންޓޭއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް
 
ލޮރެންޓޭއަށް އަނިޔާވިކަން ރެއާލުން ވަނީ ކަށަވަރުކޮށްދީފައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު މާކަސް ލޮރެންޓޭއަށް އަނިޔާވެ، މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ރެއާލްގެ އާ ކޯޗު ސެންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޮރެންޓޭ އަށް އަނިޔާވިކަން ކަށަވަރުކޮށް ރެއާލުން ބުނީ، ލޮރެންޓޭ އަލުން ކުޅުމުގެ ތެރެއަށް އަންނަނީ ތިން ހަފްތާ އާއި ހަ ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ތިން ހަފްތާ ފަހުން ލޮރެންޓޭ އަށް ކުޅުމުގެ ތެރެއަށް އާދެވޭ ނަމަ އޭނާއަށް ގެއްލޭނީ ސްޕެނިޝް ލީގުގައި ވިޔަރެއާލް އާއި ރެއާލް ސޮސައިޑާޑް އާއި ލެގަނޭޒް އާއި ރެއާލް ބެޓިސް އަދި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

އެހެންނަމަވެސް ހަ ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރަށް ގޮސްފި ނަމަ، ލީގުގައި ލޮރެންޓޭއަށް އެސްޕަނިއޯލް އާއި ޑިޕޯޓިވޯ އަލަވޭސް އަދި އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެއެވެ.

ރެއާލް މެޑްރިޑުން 2015 ވަނަ އަހަރު ކެރިޔަރު ފަށާފައިވާ ލޮރެންޓޭ ވަނީ އަލަވޭސްއަށް އަހަރެއް ވަންދެން އަލަވޭސްއަށް ކުޅެފައެވެ. އޭނާ ވަނީ އަލަވޭސްއަށް 35 މެޗު ކުޅެދީފައެވެ.

އުމުރުން 23 އަހަރުގެ ލޮރެންޓޭ ވަނީ މިހާތަނަށް ރެއާލްއަށް ކުޅުނު 33 މެޗުގައި އެއް ލަނޑު ޖެހުމުގެ އިތުރުން އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައިވާ ލޮރެންޓޭ މިހާތަނަށް ސްޕެއިންގެ ސީނިއާ ގައުމީ ޓީމަށް ނަގާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް