ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 16:34
ޖެނުއަރީ 1 ވަނަ ދުވަހު ކުޅުނު މެޗުގެ ތެރެއިން
ޖެނުއަރީ 1 ވަނަ ދުވަހު ކުޅުނު މެޗުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޓެނިސް
ޓެނިހުގައި އެންމެ މަޝްހޫރު ދެ ކުޅުންތެރިންގެ ކުރިމަތިލުން
 
ދެ ޓެނިސް ކުޅުންތެރިން ވަނީ މުޅި އެކު 43 ގްރޭންޑް ސްލޭމް ސިންގަލް ޓައިޓަލްސް ހޯދާފައި

ދުނިޔޭގެ އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑްރާ އަދި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއެމްސް ފުރަތަމަ ފަހަރަށް ކުޅުނު މިކްސްޑް ޑަބަލްސް ކޮންޓެސްޓުން ފެޑްރާގެ ޓީމް މޮޅުވެއްޖެއެވެ.

މި މެޗުގައި ފެޑްރާއާ އެކުގައި ސްވިޒަލޭންޑްގެ ބެލިންޑާ ބެންކިކް ކުޅެފައިވާއިރު، ސެރީނާގެ ޓީމްގައި ކުޅުނީ ފްރާންސިސް ޓިއާފޯއެވެ.

އުމުރުން 37 އަހަރުގެ ފެޑްރާ އަދި ސެރީނާ ވެސް ވަނީ ކުޅުނު ސިންގަލްސް މެޗުން މޮޅުވެފައެވެ. މެޗަށް ފަހު ފެޑްރާ ބުނެފައި ވަނީ ސެރީނާއެކު ޓެނިސް މެޗެއް ކުޅެން ލިބުމަކީ ލިބުނު ފަހުރެއް ކަމަށާއި، ސެރީނާއަކީ ވަރަށް ފޯކަސްކޮށްގެން މެޗު ކުޅޭ މީހެއް ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު މި ދެ ޓެނިސް ކުޅުންތެރިން ވަނީ މުޅި އެކު 43 ގްރޭންޑް ސްލޭމް ސިންގަލް ޓައިޓަލްސް ހޯދައި ޖުމްލް 621 ހަފްތާ ވަންދެން ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ 1 ވަނައިގައި ހިމެނިފައެވެ.

ދެ ޖިންސުގެ ކުޅުންތެރިން ކުރިމަތިލި މެޗަކީ 1993 ވަނަ އަހަރުގައި ބިލީ ޖީން އެއިރު ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ބޮބީ ރިގްސް ހުރިހާ ސެޓަކުން ބަލިކުރި މެޗަށްފަހު އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އެއްމެޗެވެ.

މެޗު ކުޅެފައިވަނީ އޮސްޓްރޭލިއާގައި ބާއްވާ ހޮޕްމެން މުބާރާތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
0%
0%
50%
ކޮމެންޓް