ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 05:14
ޑެވިޑް ލުއިޒް
ޑެވިޑް ލުއިޒް
ގެޓީ އިމޭޖަސް
ޑޭވިޑް ލުއިޒް
ޑޭވިޑް ލުއިޒް ޗެލްސީގައި މަޑުކުރާނެކަމަށް އުންމީދުކުރަން: ވިލިއަން
 
ލުއިޒް މަޑުކުރާނެކަމަށް ބެލެވޭ

ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެ ކްލަބުގައި މަޑުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާއާ އެކު ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން ބުނެފިއެވެ.

ވިލިއަން ބުނީ، ޗެލްސީއަށް ޑޭވިޑް ލުއިޒް މުހިންމު ކަމަށާއި، ކްލަބުގައި އޭނާ މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޑޭވިޑް ލުއިޒް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުން އާކޮށް އޭނާ ކްލަބުގައި މަޑުކުރާނެއެވެ.

ބެންފީކާއަށް 132 މެޗު ކުޅެފައިވާ ޑޭވިޑް ލުއިޒު ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެ އަށް ފަހު ޗެލްސީ އަށް އޭނާ ބަދަލުވިއިރު، ޗެލްސީ އަށް އޭނާ ވަނީ 143 މެޗު ކުޅެ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޑޭވިޑް ލުއިޒް ޕީއެސްޖީ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް 89 މެޗު ކުޅެ، ފްރެންޗް ލީގު ދެފަހަރު އަދި ފްރެންޗް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީ ދޫކޮށް ޑޭވިޑް ލުއިޒް ޗެލްސީއާ އަލުން ގުޅުނީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 78 މެޗު ކުޅެދީފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފައިވާ ޑޭވިޑް ލުއިޒް ވަނީ އެޓީމަށް 56 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް