ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 23:00
ރެއާލްއަށް ކުޅެމުން އަންނަ އިސްކޯ
ރެއާލްއަށް ކުޅެމުން އަންނަ އިސްކޯ
ޓްވިޓަރ
އިސްކޯ
އިސްކޯ ހޯދުމަށް ޗެލްސީން ފެށި މަސައްކަތް ހުއްޓާލަނީ
 
ޖެނުއަރީ ޓްރާންސްފާގައި އިސްކޯ ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯ ހޯދުމަށް ޗެލްސީން ފެށި މަސައްކަތް ހުއްޓާލަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލްއިން ބުނީ، އިސްކޯގެ ޑިމާންޑާއި، އޭނާއަށް ދޭން ޖެހޭ މުސާރައިގެ ސަބަބުން ޗެލްސީން އޭނާ ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލަން އުޅޭ ކަމަށެވެ.

އިސްކޯ ހޯދުމަށް ޗެލްސީގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެއެވެ.

އުމުރުން 26 އަހަރުގެ އިސްކޯ އަށް ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބުމުން، އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނަމުންއ އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އެގޮތުން ބެލެވޭ ގޮތުގައި ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށް، އިސްކޯ އެހެން ކްލަބަކަށް ބަދަލުވުމަކީ ވަރަށް ކައިރިކަމެކެވެ.

ވެލެންސިއާ އިން ކެރިއަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 254 މެޗުގައި 43 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިންފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް