ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 21:38
މާކަސް ރަޝްފޯޑް
މާކަސް ރަޝްފޯޑް
ގެޓީ އިމޭޖަސް
މާކަސް ރަޝްފޯޑް
ރަޝްފޯޑް ބޭނުންވަނީ ޔުނައިޓެޑުގައި މަޑުކުރަން
 
ރަޝްފޯޑްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ބެނުންވަނީ އެ ކްލަބުގައި މަޑުކުރަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ދަ ސަންއިން ބުނީ، ރަޝްފޯޑް ހޯދަން ގިނަ ކްލަބްތަކުން މަސައްކަތް ކުރި ނަމަވެސް އޭނާ ބޭނުންވަނީ ޔުނައިޓެޑުގައި މަޑުކުރަން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝްފޯޑް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން ރެއާލްގެ ހުށަހެޅުމެއް އައިސްފިނަމަ، އެ ހުށަހެޅުމަށް ރަޝްފޯޑް ފުރަގަސްދޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑާއެކު ރަޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ. އޭނާ އެއްބަސްވުން އާކުރީ 2016 ވަނަ އަހަރެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ދަތިވެފައިވާ ރަޝްފޯޑް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު އަދި އިޓަލީ ލީގުގެ ޓީމުތައްވެސް ހިމެނެއެވެ.

ރަޝްފޯޑް މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ 21 މެޗެވެ. އޭގެ ތެރެއިން 15 މެޗަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު މެޗުތަކެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި އުމުރުން 21 އަހަރުގެ ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 146 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމާއެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި ރަޝްފޯޑް ވަނީ އެޓީމަށް ކުޅުނު 31 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް