ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 22:56
އަލީ ސުޒެއިން
އަލީ ސުޒެއިން
ރާއްޖެއެމްވީ
ޖޫން މަހު ސީޒަން ފެށުން
ޖޫންއަށް ސީޒަން ފަސްކޮށްފިނަމަ، ކުޅުންތެރިން ހާލުގައި ޖެހޭނެ: ސުޒެއިން
 
ޖޫން މަހު ސީޒަން ފަށާކަމުގެ ޔަގީންކަން ކްލަބްތަކުން ވަނީ ދީފައި

މި އަހަރުގެ ޖޫން މަހު ދިވެހި ފުޓުބޯޅަ ސީޒަން ފަށައިފިނަމަ، ޕްރިމިއާ ލީގުގައި ވާދަކުރާ 90 އިންސައްތަ ކުޅުންތެރިން ހާލުގައި ޖެހޭނެ ކަމަށް މަޝްހޫރު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލްގައި ވާހަކަދައްކަމުން ސުޒެއިން ބުނީ، މިދިޔަ ސީޒަނުގައި ބޮޑެތި އަގުތަކުގައި ކުޅުނު ކުޅުންތެރިންނަށް ސަލާމަތްވާން ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި 90 ޕަސެންޓް ކުޅުންތެރިން ހާލުގައި ޖެހޭނެ ކަމަށެވެ.

ސުޒެއިން ބުނީ، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު ކުޅުންތެރިންގެ އެއްބަސްވުންތައް ހަމަވާނެ ކަމަށާއި، ވަރަށް ތަފާތު ކުޅުންތެރިޔެއް ނޫނިއްޔާ، އެންމެ އަވަހަށްވެސް އެއްބަސްވުމެއް ހުށަހަޅާނީ މާޗު ނުވަތަ އެޕްރިލް މަސް ތެރޭގައި ކަމަށެވެ.

އެގޮތުން ތިން މަސްވަންދެން ކުޅުންތެރިން އުޅޭނީ ވަރަށް ހާލުގައި ކަމަށާއި، އެއީ ވަރަށް ދިގު މުއްދަތެއް ކަމަށެވެ. އަދި އެކަމާ މެދު ވަރަށް ދެރަވާ ކަމަށް ވެސް ސުޒެއިން ވަނީ ބުނެފައެވެ.

ދިވެހި ފުޓުބޯޅަ ސީޒަން މި އަހަރުގެ ޖޫން މަހު ފަށަން ނިންމާފައިވާ ކަމަށް ކްލަބްތަކުން ބުނެފައިވާއިރު، އެފްއޭއެމުން އަދި އެކަން އިއުލާނެއް ނުކުރެއެވެ. މިކަމާ ގުޅިގެން ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެފްއޭއެމުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް