ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 15:58
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ސަން
ބައްސާމް އިތުރުފުޅު ހެއްދެވުން
ސަރުކާރުން ދިން ފައިސާއާމެދު ބައްސާމް އިތުރުފުޅު ހައްދަވައިފި
 
މިއަހަރު އެކަނިވެސް ސަރުކާރުން 26.3 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދިން
 
ބައްސާމް ވިދާޅުވީ ސަރުކާރުން އަހަރަކު ދެނީ 1.2 މިލިއަން ރުފިޔާކަމަށް

ސަރުކާރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ފައިސާއާމެދު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިތުރުފުޅު ހައްދަވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، ދިވެހި ދައުލަތުން އެފްއޭއެމްއަށް ހަރަދުކުރަނީ 1.2 މިލިއަން ރުފިޔާ ކަމަށާއި، އެ ބަޖެޓަކީ ކުއާޓާތަކަކަށް ބަހާލެވިގެން ދެވޭ އެއްޗެއް ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، މި ފައިސާ ސަރުކާރުން ދޫކުރަނީ ކޮންމެ ކުއާޓާއެއްގައި ފައިސާ ހަރަދުކުރި ރިޕޯޓް ހުށަހެޅުމުން ކަމަށާއި، އެނޫން ގޮތަކަށް ފައިސާ ދޫނުކުރާ ކަމަށެވެ. އަދި އެފްއޭއެމަކީ އޮޑިޓް ކުރެވި، ފައިސާގެ ކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ތަނެއް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް މިހެން ވިދާޅުވި ނަމަވެސް، ޔޫތު މިނިސްޓްރީން ބުނީ، މި އަހަރު އެކަނިވެސް ސަރުކާރުން އެފްއޭއެމަށް 26.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު ސަރުކާރުން އެފްއޭއެމަށް 26.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ބުނީ މި އަހަރު އެކަނިވެސް ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް 30 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން މި އަހަރަށް ނެރުނު ބަޖެޓުގައި ޔޫތު މިނިސްޓްރީން ދޭނެކަމަށް ބަޖެޓު ކުރެވިފައި ވަނީ 7،667،798.40 (ހަތް މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ އަށް ރުފިޔާ ސާޅީސް ލާރި) އެވެ.

އެގޮތުން ބައްސާމް ވިދާޅުވި، އަދަދުތައް އެފްއޭއެމުން ނެރުނު ބަޖެޓަށްވުރެ ވެސް ކުޑައެވެ. އަދި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ސަރުކާރުން ދޭނެކަމަށް ބުނެ އެފްއޭއެމުން ފާސްކުރި ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް އެފްއޭއެމަށް ޔޫތު މިނިސްޓްރީން ވަނީ ފައިސާ ދޫކޮށްފައެވެ.

އެފްއޭއެމުން މި އަހަރަށް ލަފާކުރި ބަޖެޓުގައި ފީފާއިން 27.5 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އޭއެފްސީން 3.85 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މި އަހަރަށް އެފްއޭއެމުން ޖުމްލަ 62 މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވާއިރު، މިއީ 2.97 ގެ ޑެފިސިޓް ބަޖެޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
8%
23%
0%
69%
ކޮމެންޓް