ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 11:06
މިނިސްޓަރު މަހުލޫފް (ކ) އަދި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން (ވ)
މިނިސްޓަރު މަހުލޫފް (ކ) އަދި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން (ވ)
ޓްވިޓަރ
އަލީ ސުޒެއިން
ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން
 
އުލަތުގެ ވަޒީރެއް ގެންގޮސް ކުރިމަތީގައި ފުރައްސާރަކޮށްލުމަކީ ވަރަށް ދެރަ

ދިވެހި ކުޅިވަރުގައި އެންމެ ނުފޫޒު ގަދަވާނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ ކަމަށް މަޝްހޫރު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ސުޒެއިންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، ގަބޫލު ކުރިޔަސް ނުކުރިޔަސް ރާއްޖޭގައި އެންމެ ނުފޫޒު ގަދަވާނީ ކުޅިވަރުގެ ވަޒީރު ކަމަށާއި، އެކަން ވަރަށް އަވަހަށް ސާފުވާނެ ކަމަށެވެ.

ސުޒެއިން ބުނީ، ދައުލަތުގެ ވަޒީރެއް ގެންގޮސް ކުރިމަތީގައި ފުރައްސާރަކޮށްލުމަކީ ވަރަށް ދެރަ އަދި ވަރަށް ހުތުރު އަމަލެއް ކަމަށެވެ.

ސުޒެއިން މިހެން ބުނެފައިވަނީ ހުކުރު ދުވަހު ބޭއްވުނު މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ދެއްކެވި ވާހަކަފުޅުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ރައްދުވާ ގޮތަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އެވޯޑު ހަފްލާގައި ބައްސާމާއި މިނިސްޓަރު މަހުލޫފާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ތިއްބެވީ އެއް މޭޒެއްގައެވެ.

އެވޯޑު ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފަށް ރައްދުވާ ގޮތަށް ބައްސާމް ވިދާޅުވީ، ކޮރަޕްޝަނަކީ އެފްއޭއެމްއާ ވަރަށް ދުރު ބަހެއް ކަމަށާއި، ތުންތުން މަތިން އެކި މޭޒުތަކުގައި ދެކެވޭ ވާހަކަތަކަކީ ހަރުދަނާ ވާހަކަތަކަށް ނުވެދާނެ ކަމަށެވެ.

ބައްސާމް މިހެން ވިދާޅުވެފައި ވަނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީ ގޮތް ބެލުމަށް "ފެކްޓް ފައިންޑިން ކޮމިޓީ"ގެ ނަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދަވަމުން ދަނިކޮށެވެ. އަދި އެފްއޭއެމްގެ ތެރެއަށް ނުވަންނަ ކަމަށް މީގެކުރިން މިނިސްޓަރު މަހުލޫފް ވަނީ ބައްސާމްއަށް ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
33%
0%
0%
67%
0%
0%
ކޮމެންޓް