ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 09:09
އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އަދި ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ކ)
އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އަދި ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ކ)
އެފްއޭއެމް
އެފްއޭއެމް
އަޅުގަނޑުމެން ތިބި މަގާމުތަކަށް ފެންބޮވާގަނެގެން ބަޔަކު އެބަ އުޅޭ: ބައްސާމް
 
ދިވެހި ފުޓުބޯޅަ ތަރައްގީ ކުރަމުންދާ ދިޔުމަށް ހުއްޓުމެއް ނުގެންނާނަން

ތިބި މަގާމުތަކަށް ފެންބޮވާގަނެގެން ބަޔަކު އުޅޭ ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، އެބޭފުޅުން ތިބި މަގާމުތަކަށް ފެންބޮވާގަނެގެން ބަޔަކު އުޅޭ ކަމަށާއި، ފެންބޮވާގަނެގެން އުޅޭ ބޭފުޅުން މީގެކުރިން ކަންތައްތައް ކުރެއްވީ އެންމެ ރަނގަޅަށްތޯ ސުވާލުކޮށްލަން ބޭނުންވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ، އެފްއޭއެމް މިހާރު ހިނގަމުންދަނީ ވަރަށް ހަރުދަނާ ސްޓެޓިއުޓްސްތަކާ އެކުގައި ކަމަށެވެ. އެގޮތުން ބައްސާމް ވިދާޅުވީ، ގޮންޖެހުންތައް ކުރިމަތިވިނަމަވެސް، އެ ގޮންޖެހުންތަކާ ހަނގުރާމަކޮށް، ދިވެހި ފުޓުބޯޅަ ތަރައްގީ ކުރަމުންދާ ދިޔުމަށް ހުއްޓުމެއް ނުގެންނަ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ފޯރި ވަރަށް ގަދަވެއްޖެ ކަމަށާއި، އެއީ އެފްއޭއެމްގެ މެނޭޖްމަންޓްގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން އެބޭފުޅާގެ ޓީމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދަވާ ބޭފުޅުންނަށް ބައްސާމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.  

ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ޖަހާ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށް ފާހަގަކުރައްވަމުން ބައްސާމް ވިދާޅުވީ، އެފްއޭއެމްގައި ކުރެވޭ މަސައްކަތްތައް އެންމެންނަށްވެސް އެނގެންޖެހޭ ކަމަށާއި، ނަމަވެސް ތުންތުން މަތިން އެކި މޭޒުތަކުގައި ދެކެވޭ ވާހަކަތަކަކީ ހަރުދަނާ ވާހަކަތަކަށް ނުވެދާނެ ކަމަށެވެ.

ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އެފްއޭއެމްގެ އިންތިހާބެއް އޮންނާނެ ކަމަށާއި، ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ރަނގަޅު ޕްރޮޕޯޒަލްއަކާއެކު ކްލަބްތަކަށް ވިއްކައިގެން، މަގާމުތަކަށް އަންނަން ކެތްތެރިކަމާއެކު ތިބުމަށް އެދޭ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ބައްސާމް މިހެން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ބައެއް ކުޅިވަރު ބޭފުޅުން އެފްއޭއެމްއަށް އަދި ބައްސާމްއަށް ނިސްބަތްކޮށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް