ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 09:10
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
މުހައްމަދު ޝަރުހާން
އެފްއޭއެމް
އެފްއޭއެމް ތެރޭގައި ކޮރަޕްޝަނަކީ ވަރަށް ދުރު ބަހެއް: ބައްސާމް
 
އެފްއޭއެމްއަކީ ތިން ފަރާތަކުން އޮޑިޓްކުރާ ތަނެއް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ތެރޭގައި ކޮރަޕްޝަންއަކީ ވަރަށް ދުރު ބަހެއް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވުނު މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، އެފްއޭއެމްއަކީ ވަރަށް ބޮޑަށް އޮޑިޓް ކުރެވި ފައިސާގެ ކަންކަން ރަނގަޅަށް ބަލާ ތަނެއް ކަމަށާއި، އެގޮތުން އެފްއޭއެމް ތެރޭގައި ކޮރަޕްޝަނަކީ ވަރަށް ދުރު ބަހެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.  

ބައްސާމް ވިދާޅުވީ، އެފްއޭއެމްއަކީ ކޮރަޕްޝަންގެ ހާއްޔެއްކަމަށް ބުނެ ބަޔަކު މީހުން އަޑު ފަތުރަމުންދާ ކަމަށާއި، އެހެންނަމަވެސް އެފްއޭއެމްއަކީ ތިން ފަރާތަކުން އޮޑިޓްކުރާ ތަނެއް ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، އިންޓަނޭޝަނަލް ދެ އޮޑިޓާސްގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގަބޫލުކުރާ އޭ ގްރޭޑްގެ އޮޑިޓަރުން އެފްއޭއެމް އޮޑިޓްކުރަމުންދާ ކަމަށާއި، ކޮންމެ އަހަރަކު އެ އޮޑިޓް ރިޕޯޓްތައް އެފްއޭއެމްގެ މެމްބަރުންނާވެސް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، ކުއާޓާ ތަކަކަށް ބަހާލައިގެން ސަރުކާރުން އެފްއޭއެމްއަށް ފައިސާ ދޫކުރާއިރު، ކޮންމެ ފަހަރަކުވެސް ފައިސާ ދޫކުރަނީ އެ ކުއާޓާއެއްގެ މާލީ ރިޕޯޓް ހުށަހެޅުމުން ކަމަށެވެ.

މީގެކުރިން ރާއްޖެއިން ބޭރަށް ގައުމީ ޓީމުތަށް މުބާރާތްތަކަށް ފުރަނީ ނަގުދު ފައިސާގެ ގޮތުގައި 30،000 އަދި 40،000 ޑޮލަރު ހިފައިގެން ކަމަށާއި، ނަމަވެސް އެއީ މިހާރު މާޒީ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ. އަދި އެފައިސާތަކުން ބާކީވާ ފައިސާތައް އަނބުރާ ގެންނައިރު، ވަންނަނީ ކޮން އެކައުންޓުތަކަކަށްތޯ ކުރިން ކުރި އޮޑީޓްތަކުން ފެންނަން ހުންނާނެ ކަމަށެވެ.

ބައްސާމް މިހެން ވިދާޅުވެފައިވަނީ ދައުލަތުން ފުޓުބޯޅައަށް ހަރަދުކުރާ ފައިސާއަށް ވީގޮތް ބެލުމަށް "ފެކްޓް ފައިންޑިން ކޮމިޓީ" ގެ ނަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދަވަމުން ދަނިކޮށެވެ. އަދި އެފްއޭއެމްގެ ތެރެއަށް ނުވަންނަ ކަމަށް މީގެކުރިން މިނިސްޓަރު މަހުލޫފް ވަނީ ބައްސާމްއަށް ދަންނަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް