ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 12:24
ތޯސްޓެން ބައެއް ކުޅުންތެރިންނާއި، އެސޯސިއޭޝަން މީހުންނަށް ޕޫލް ބިލިއާޑްގެ ކަންކަން ކިޔާދެނީ 
ތޯސްޓެން ބައެއް ކުޅުންތެރިންނާއި، އެސޯސިއޭޝަން މީހުންނަށް ޕޫލް ބިލިއާޑްގެ ކަންކަން ކިޔާދެނީ 
އެމްޕީބީއޭ
ތޯސްޓަން ހޯމަން
ރާއްޖޭގައި ޕޫލް ބިލިއާޑްގެ މުސްތަގުބަލެއް އެބައޮތް: ތޯސްޓެން
 
އެމްޕީބީއޭ ކްލަބް ހައުސް ފެނުމުން ކުރީގެ ހަނދާންތައް އާވި

ރާއްޖޭގައި ޕޫލް ބިލިއާޑްގެ މުސްތަގުބަލެއް އެބައޮތް ކަމަށް ޕޫލް ބިލިއާޑްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޖަރުމަނުގެ ތޯސްޓަން ހޯމަން ބުނެފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ކްލަބް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ތޯސްޓެން ބުނީ، ރާއްޖޭގެ ޕޫލް ބިލިއާޑް ކުޅޭ ކުޅުންތެރިންގެ ހުނަރު ފެނިފައިވާ ކަމަށާއި، މުސްތަގުބަލެއް އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ތޯސްޓެން ބުނީ، އެމްޕީބީއޭގެ ކްލަބް ހައުސް ފެނުމުން އޭނާއަށް ސިފަވަނީ އުމުރުން 12 އަހަރުގައި ޕޫލް ބިލިއާޑް ކުޅެން ފެށި ދުވަސްވަރު މަތިން ކަމަށާއި، އޭރު އެތަނުގައި ވެސް ހުރީ ފަސް ޕޫލް މޭޒު ކަމަށެވެ.

އެގޮތުން ތޯސްޓަން ބުނީ، ރާއްޖޭގައި ތިބި ކުޅުންތެރިންނާއި، އެސޯސިއޭޝަން މީހުން ޕޫލް ބިލިއާޑް ދިރުވުމަށް ކުރާ މަސައްކަތް އޭރު އެނާ ކުޅުނު ކްލަބުން ވެސް ކުރަމުންދިޔަ ކަމަށާއި، މިއަދު ޗެމްޕިއަނަކަށްވީ އެ ކްލަބުން ފެށުނު މަސައްކަތުން ކަމަށެވެ.

މީގެ އިތުރުން ތޯސްޓެން ބުނީ، އޭރު އޭނާ ކުޅެމުންދިޔަ ކްލަބުން ފަސް ޕޫލް މޭޒުން 10 ޕޫލް މޭޒަށް ބަދަލުކޮށް، 30 އަދި 40 ތުއްތު ކުދިންނަށް އެއްފަހަރާ ތަމްރީން ކުރެވޭވަރަށް އެތަން ތަރައްގީ ކުރެވުނު ކަމަށެވެ.

ތޯސްޓެން ބައެއް ކުޅުންތެރިންނާއި، އެސޯސިއޭޝަން މީހުންނަށް ޕޫލް ބިލިއާޑްގެ ކަންކަން ކިޔާދެނީ 

އެގޮތުން ތޯސްޓެން ބުނީ، ދިވެހި ސަރުކާރުގެ އެއްބާރުލުމާއެކު އެމްޕީބީއޭ ކްލަބް ހައުސްގެ ޖާގަ ބޮޑުކޮށް ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން ދިޔުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

ޕޫލް ބިލިއާޑަށް ކުޑަކުދިންގެ ހިތް ޖެއްސުމަށް ރާއްޖޭގެ ސްކޫލްތަކުގައި މޯބައިލް ޓޭބަލްތައް ބެހެއްޓޫމަކީ އޭނާގެ ހިޔާލެއް ކަމަށާއި، އޭގެ ސަބަބުން އެކުދިންގެ ޑިސިޕްލިން އާއި އެހެނިހެން ކަންކަންވެސް ރަނގަޅުވެގެންދާނެ ކަމަށްވެސް ތޯސްޓެން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ތޯސްޓަން ރާއްޖެ އައިސްފައިވާއިރު، އޭނާ ވަނީ އެސޯސިއޭޝަނުގެ މެމްބަރުންގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަންތަކެއް ބާއްވައިފައެވެ. އެގޮތުން ޓެކްނީކްސްތައް ކިޔައިދީ އަދި މި ކުޅިވަރުގައި ކުރިއަށް ދިއުމަށް އޭނާގެ ތަޖުރިބާތައް އޭނާ ހިއްސާކުރިއެވެ.

ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު ތޯސްޓެން ބުރާސްފަތި ދުވަހުގެ ރޭ ފުރާފައިވާއިރު، ކުރިޔަށް ހުރި ދުވަސްތަކުގައި ރާއްޖެއަށް އަންނާނެ ކަމަށް ވަނީ ބުނެފައެވެ.

އުމުރުން 39 އަހަރުގެ ހޯމަން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދުމުގެ އިތުރުން ނައިން ބޯލް ޗެމްޕިއަންކަން ދެ ފަހަރު އަދި ސްޓްރެއިޓް ޕޫލް ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
67%
0%
0%
0%
0%
33%
ކޮމެންޓް
28 ޑިސެންބަރ 2018 | ހުކުރު 10:22
Ayyares
Salhi