ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 20:04
ގާޑިއޯލާ (ކ) އާއި މެސީ (މ) އަދި ނޭމާ (ވ)
ގާޑިއޯލާ (ކ) އާއި މެސީ (މ) އަދި ނޭމާ (ވ)
ގެޓީ އިމޭޖަސް
ގާޑިއޯލާ - ނޭމާ
ނޭމާ އާއި ގާޑިއޯލާ ބާސާއަށް އަނބުރާ ގެންދަން ބޭނުން: މެސީ
 
ގާޑިއޯލާ އާއި ނޭމާ ގެންނަން އުނދަގޫވާނެ

ބާސެލޯނާއާއަށް ކުރިން ކުޅުނު ނޭމާ އާއި ޕެޕް ގާޑިއޯލާ އަނބުރާ ބާސާއަށް ގެންނަން ބޭނުންވާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ބުނެފިއެވެ.

މާސާއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ، ނޭމާ އާއި ގާޑިއޯލާ އަނބުރާ ގެންނަން ބޭނުންވާ ކަމަށާއި، އެއީ ފަސޭހަކަމެއް ނޫންކަންވެސް އެނގޭ ކަމަށެވެ.

މެސީ ބުނީ، ނޭމާ އާއި ގާޑިއޯލާއަކީ އެއްކޮށް ގިނަ ދުވަސްވަންދެން އުޅުނު ދެ މީހުން ކަމަށާއި، އެ ދެމީހުން މަތިން އަބަދުވެސް ހަނދާންވާ ކަމަށެވެ. އަދި އެ ދެމީހުން އެނބުރި އައުމަކީ އެދޭ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބާސާ ދޫކޮށް، ނޭމާ ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ އެ ކްލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންނައިރު، މިހާތަނަށް ކުޅުނު 49 މެޗުގައި 44 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ސީޒަނުގައި ބާސާ އިން ނޭމާ ގެންދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ޕީއެސްޖީން އޭނާ ވިއްކާލާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ބާސާގެ ކޯޗުކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރި ގާޑިއޯލާ ވަނީ އޭގެ ފަހުން ބަޔާން މިއުނިކާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު، 2016 ވަނަ އަހަރު ސިޓީއަށް ބަދަލުވެފައެވެ. އޭނާ އަންނަނީ ސިޓީގައި ކާމިޔާބީތަކެއް ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް