ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 23:35
ދުނިޔޭގެ ޕޫލް ޗެމްޕިއަން ތޯސްޓެން
ދުނިޔޭގެ ޕޫލް ޗެމްޕިއަން ތޯސްޓެން
ފޭސްބުކް
ތޯސްޓެން
ދުނިޔޭގެ ޕޫލް ޗެމްޕިއަން ތޯސްޓެންއާ ބައްދަލުކުރުމުގެ ރަނުގެ ފުރުސަތެއް
 
ތޯސްޓެން ރާއްޖެ އައީ ހުކުރު ދުވަހު

ދުނިޔޭގެ ޕޫލް ބިލިއާޑްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ތޯސްޓެންއާ ބައްދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބުނީ، ތޯސްޓެންއާ ބައްދަލުކުރުން އޮންނާނީ އެ އެސޯސިއޭޝަނުގެ ކްލަބް ހައުސްގައި ކަމަށާއި، މެންދުރުފަހު 14:30 އިން ފެށިގެން ބައްދަލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، ޕޫލް ބިލިއާޑްގެ ތެރެއަށް އަލަށް ކުދިންތަކެއް ވެއްދުމަކީ އަމާޒެއް ކަމަށާއި، އެގޮތުން މި އިވެންޓުގައި ވީހާވެސް ގިނަ ކުދިން ބައިވެރިކޮށްދިނުމަކީ ބެލެނިވެރިން އަރިހުގައި އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެމްޕީބީއޭ އިން ބުނީ، ޖަރުމަނަށް ނިސްބަތްވާ ތޯސްޓެންއާ ބައްދަލުކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާއިރު، އޭނާގެ ހާއްސަ އެގްޒިބިޝަން މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުކުރު ދުވަހު ތޯސްޓެން ރާއްޖެ އައިސްފައިވާއިރު، އޭނާ ވަނީ ރާއްޖޭގެ ޕޫލް ބިލިއާޑް ގައުމީ ޓީމާ ބައްދަލުކޮށް، އެ ކުޅުންތެރިންނަށް ބިލިއާޑް ކުޅޭގޮތް ދަސްކޮށްދިނުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.

ހިޓްމޭންގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 39 އަހަރުގެ ތޯސްޓެން ވަނީ ތިން ފަހަރު ވޯލްޑް ޕޫލްގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ފަސް ފަހަރު ވޯލްޑް ސްޓްރައިޓް ޕޫލް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް