ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 00:05
ލިޔޯންއަށް ކުޅެމުން އަންނަ ނަބިލް ފެކިރް
ލިޔޯންއަށް ކުޅެމުން އަންނަ ނަބިލް ފެކިރް
ގެޓީ އިމޭޖަސް
ނަބިލް ފެކިރް
ފެކިރް ހޯދުމުގެ ރޭހުގައި އާސެނަލް އާއި ޗެލްސީވެސް ބައިވެރިވެއްޖެ
 
ރެއާލުންވެސް އަންނަނީ ފެކިރް ހޯދުމަށް މަސައްކަތް ކުރަމުން

ލިޔޯންއަށް ކުޅެމުން އަންނަ ނަބިލް ފެކިރް ހޯދުމުގެ ރޭހުގައި އާސެނަލް އާއި ޗެލްސީވެސް ބައިވެރިިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ސްޓާއިން ބުނީ ރެއާލް މެޑްރިޑުންވެސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފެކިރް ހޯދުމަށް އާސެނަލް އާއި ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް އެ ދެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން މާސާ އިން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ފެކިރް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބްތަކުގެ ތެރޭގައި ރެއާލްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ފެކިރް ރެއާލްއަށް ބަދަލުވުމަކީ ވަރަށް ކައިރިކަމެއް ކަމަށްވެސް އެ ނޫހުން ބުނެއެވެ.

ލިޔޯންގެ ޔޫތު ސިސްޓަމުން ތަމްރީންވި ފެކިރް ވަނީ އެ ޓީމަށް 170 މެޗު ކުޅެދީ 64 ލަނޑު ޖަހައިދީފައެވެ. އޭނާ ލިޔޯންއަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2013 ވަނަ އަހަރުއެވެ. ލިޔޯންގެ ކެޕްޓަން ކަންވެސް ކުރަމުން އަންނަ ފެކިރް އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފްރާންސް ގައުމީ ޓީމަށް ކުޅުނު 20 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައިވާ ފެކިރް ވަނީ އެޓީމާއެކު 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް