ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 23:38
އެޑެން ހަޒާޑް (ކ) އަދި އޭނާގެ ކޮއްކޮ ތޯގަން ހަޒާޑް (ވ)
އެޑެން ހަޒާޑް (ކ) އަދި އޭނާގެ ކޮއްކޮ ތޯގަން ހަޒާޑް (ވ)
ޓްވިޓަރ
ތޯގަން ހަޒާޑް
ލިވަޕޫލުން ހަޒާޑް ހޯދުމުގެ މަސައްކަތް ފަށައިފި
 
ތޯގަން ހަޒާޑްގެ އެއްބަސްވުން ހަމަވާން 18 މަސް ބާކީ އެބައޮތް

ލިވަޕޫލުން ޗެލްސީއަށް ކުޅެމުން އަންނަ އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑް ހޯދުމަށް މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ސްޓާއިން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ލިވަޕޫލުން ހޯދަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ބްރޫޝިއާ ޑޯޓްމަންޑަށް މޮންޗެންގްލެޑްބެޗްގެ އެޓޭކިން މިޑްފިލްޑަރު ތޯގަން ހަޒާޑްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން އެ ނޫހުން ބުނީ ވަރަށް އަވަހަށް ތޯގަން ހަޒާޑަށް ލިވަޕޫލުން ބިޑް ކުރާނެ ކަމަށާއި، ތޯގަން ހަޒާޑަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވެސް ބޭނުންވާ ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއަށް ލިވަޕޫލުން 31 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބްރޫޝިއާ މޮންޗެންގްލެޑްބެޗްއާއެކު ތޯގަން ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ 18 މަސް ދުވަސް އޮތްއިރު، އެއްބަސްވުން އާކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތޯގަން ހަޒާޑް ބްރޫޝިއާ މޮންޗެންގްލެޑްބެޗްއަށް ދާއިމީކޮށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މީހާތަނަށް ކުޅުނު 165 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ 40 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ބެލްޖިއަމްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2013 ވަނަ އަހަރުގެ ސީޒަނުގައި ހޯދާފައިވާ ތޯގަން ހަޒާޑް ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 19 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގެ ތިންވަނަ ވެސް ބެލްޖިއަމްއާއެކު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް