ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 18:01
ޔުނައިޓެޑަށް ކުޅެމުން އަންނަ މަޓިއޯ ޑާމިއަން
ޔުނައިޓެޑަށް ކުޅެމުން އަންނަ މަޓިއޯ ޑާމިއަން
ގެޓީ އިމޭޖަސް
މަޓިއޯ ޑާމިއަން
ޑާމިއަން އިޓަލީ ލީގަށް ބަދަލުވަނީ؟
 
ޑާމިއަން ވަނީ ކުރިން އިޓަލީ ލީގަށް ކުޅެފައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު މަޓިއޯ ޑާމިއަން އިޓާލިއަން ލީގުގެ ކްލަބަކަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އެކްސްޕްރެސް އިން ބުނީ މީގެ ކުރިން އިޓަލީގެ ކްލަބްތަކަށް ކުޅެފައިވާ ޑާމިއަން އަލުން އިޓަލީގެ ކްލަބަކަށް ބަދަލުވާން އުޅޭ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ގިނަ ކްލަބްތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  

ޑާމިއަން ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ. އެގޮތުން އެއްބަސްވުން ހަމަވުމުގެ ކުރިން އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ދަތިވެފައިވާ ޑާމިއަން މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ. އެއީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު ހަތަރު މެޗެވެ.

އިޓަލީގެ އޭސީ މިލާން އާއި ޕަލާމޯ އަދި ޓޮރީނޯއަށް ވެސް ކުޅެފައިވާ ޑާމިއަން ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 89 މެޗު ކުޅެ، އެއް ލަނޑު ޖަހާފައެވެ.

އުމުރުން 29 އަހަރުގެ ޑާމިއަން ވަނީ ޔުނައިޓެޑާ އެކު އެފްއޭކަޕް، ލީގް ކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

އިޓަލީ ގައުމީ ޓިމަށް 36 މެޗު ކުޅެފައިވާ ޑާމިއަން ވަނީ އެޓީމަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް