ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 17:53
ގަލޮޅު ދަނޑުގައި އިންމަގެ ބެނާއެއް
ގަލޮޅު ދަނޑުގައި އިންމަގެ ބެނާއެއް
ފޭސްބުކް
އިންމަ ރިޓަޔާކުރުން
އިންމަގެ ރިޓަޔާމެންޓް މެޗަށް މާދަމާ ޓިކެޓް ވިއްކަން ފަށަނީ
 
މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު

ގައުމީ ޓީމުން އިމްރާން މުހައްމަދު (އިންމަ) ރިޓަޔާ ކުރާ މެޗަށް ބުރާސްފަތި ދުވަހު ޓިކެޓް ވިއްކަން ނިންމައިފިއެވެ.

އިންމަ ރިޓަޔާކުރާ މެޗުގައި އިންމަ ހޮވާ ޓީމަކާއި، އެފްއޭއެމް ހޮވާ ޓީމެއް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ.

މެޗަށް ސިޑިބަރި ސަރަހައްދުން 50 ރުފިޔާއަށް ޓިކެޓެއް ވިއްކާއިރު، ގޮނޑިބަރި ސަރަހައްދުން ޓިކެޓެ ވިއްކާނީ 100 ރުފިޔާއަށެވެ.

މި މެޗުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ބަޔެއް އިންމަ ބޭނުންވާ ޖަމިއްޔާއަކަށް ހަދިޔާކުރުމުގެ ފުރުސަތު އެފްއޭއެމުން ދީފައިވާއިރު، އިންމަ ނިންމާފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާ ހަދިޔާ ކުރުމަށެވެ.

އިންމަ ރިޓަޔާކުރާ މެޗުގައި އެފްއޭއެމް ޓީމަށް ދުނިޔޭގެ ކުރީގެ ދެ ތަރިން ކުޅެއެވެ. އެއީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލު ކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝެލް ސަލްގާޑޯއެވެ. މީގެއިތުރުން ރާއްޖޭގެ ގިނަ ތަރިންވެސް އެފްއޭއެމް ޓީމުގައި ހިމެނެއެވެ.

އެފްއޭއެމް ޓީމުގައި ހިމެނޭ ސަލްގާޑޯ އަންގާރަ ދުވަހު ރާއްޖެ އައިސްފައިވާއިރު، ޝުމައިކަލް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

މި ދެ ކުޅުންތެރިން ރާއްޖެ އައިސްފައި ވަނީ އިންމަގެ ރިޓަޔާމެންޓްގެ މެޗުގެ އިތުރުން ހުކުރު ދުވަހު އޮންނަ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަށެވެ. އިންމަގެ ރިޓަޔާމެންޓް މެޗު ބާއްވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއާ ގުޅުވައިގެންނެވެ.

އިންޓަގެ ޓީމުގައި ގައުމީ ޓީމަށް 2000 ވަނަ އަހަރު އޭނާ ކުޅެން ފެށިއިރު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ހިމަނާފައިވާއިރު، ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަަހަރު ރާއްޖެއިން ކާމިޔާބުކުރިއިރު، ޓީމުގައި ތިބި ގިނަ ކުޅުންތެރިންވެސް ވަނީ ހިމަނާފައެވެ. ކޯޗަކަށް ހަމަޖައްސާފައިވަނީ އޭނާ ގައުމީ ޓީމުގައި ކުރިން އިރުޝާދު ދިން ސްޓައިކޯފްއެވެ.

ގައުމީ ޓީމަށް 2000 ވަނަ އަހަރު ކުޅެން ފެށި އިންމަ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2016 ވަނަ އަހަރު ލާއޯސްއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
100%
0%
0%
0%
0%
ކޮމެންޓް