ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 09:39
މެމްބަރު ރޮޒެއިނާ
މެމްބަރު ރޮޒެއިނާ
ޕީޕަލް މެގަޒިން
މެމްބަރު ރޮޒެއިނާ
ރޮޒެއިނާގެ ފޯނު މަތިންދާ ބޯޓްގެ ފާހާނަ ތައްޓަށް ވެއްޓިއްޖެ
ފޯނު މިހާރު ވަނީ އަނބުރާ ރޮޒެއިނާއަށް ރައްދުކުރެވިފައި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފޯނު، އޭނާ ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓްގެ ފާހަނަ ތަށިތެރެއަށް ވެއްޓިއްޖެއެވެ.

ރޮޒެއިނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފްލައިޓްގެ ފާހަނާ ތައްޓަށް ފޯނު ވެއްޓުނީ މާލެ އިން ތިމަރަފުއްޓަށް ކުރި ދަތުރުގައި ކަމަށެވެ. 

ފޯނު ވެއްޓުނުކަން ރޮޒެއިނާ ފްލައިޓުގެ ކުރޫއަށް އެންގުމުން، ޕައިލެޓްއާއި ވާހަކަ ދެއްކުމަށް ފަހު ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުއްޓަށް ފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށެވެ. ރޮޒެއިނާގެ ފޯން ވަނީ ފްލައިޓްގެ ފާޚާނައިގެން ނަޖިސްދާ ޓޭންކްތެރެއަށް ގޮސްފަ އެވެ. 

 

ރޮޒެއިނާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ހުރި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ކަމަށެވެ. އަދި މި ފޮޓޯތަކުގެ ބެކްއަޕް ވެސް ހެދިފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ ފޯނު އަނބުރާ ރައްދުކޮށް ދިނުމުން މޯލްޑިވިއަން އަށާއި ފްލައިޓުގެ ކްރޫއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. ރޮޒެއިނާ ވަނީ ފާހަނާއަށް ފޯނު ނުގެންދިޔުމަށް އޭނާގެ ޕޯސްޓުގައި އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ޑިސެންބަރ 2018 | ބުރާސްފަތި 12:36
ހަމަތެދެއް
ކޮންމެ ކަމަކަށްވެސް މަލާމާތާއި ޖޯކު ޖެހުންނޫން ކަމެއްނެތް ރޮޒައިނާ އެހެންއެބުނީ އެންމެންނަށްވެސް ޢިބްރަތަކަށްޓަކާ ސަލާމަތަކަށްޓަކާ މިހާރަކަށްއައިސް ބައެއް ކުދިން ނުވަތަ މީހުން ފެންވަރާއިރުގަވެސް ފާހާނާއަށް ވަންނާނީ ފޯނުހިފައިގެން ނިދާއިރުވެސް މޭމަތީގަ ފޯނު ބާއްވައިގެން ނިދުން އޮންނަނީ އާދައަކަށްވެފަ
26 ޑިސެންބަރ 2018 | ބުދަ 05:15
ޢޭންޖަލް
ދެން އަރުމެން ފޯނެއް ގަނެދޭންވީ؟
26 ޑިސެންބަރ 2018 | ބުދަ 04:57
ހަރާމް ޖާތާ
އެހެން ނުން ވާނީ، ކުޑަ ކުއްޖެއްހެން ވިއްޔާ އުޅެނީ