ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 21:56
އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން
އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން
ފޭސްބުކް
ފުޓުބޯޅަ ސީޒަން ކަލަންޑަރު
އަންނަ އަހަރު ދިވެހި ފުޓުބޯޅަ ސީޒަން ފަށާނީ ޖޫން މަހު!
 
ސީޒަން ފަށާނީ ޖޫން މަހުގެ ފަހުކޮޅު

އަންނަ އަހަރުގެ ދިވެހި ފުޓުބޯޅަ ސީޒަން ފަށާނީ ޖޫން މަހުކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިގޮތަށް ނިންމީ އެފްއޭއެމް އާއި ކްލަބްތަކާއެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ. މި ބައްދަލުވުމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވާ އެހެން ހުރިހާ ކްލަބަކުން ޖޫން މަހު ސީޒަން ފެށުމަށް ތާއީދުކުރި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ދަ ގޭންގްވެސް ބައިވެރިވިއެވެ.

ޖޫން މަހު ސީޒަން ފެށުމަށް ފުރަތަމަ މަޝްވަރާކޮށްފައިވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ބައްދަލުވުމުގައިވެސް ގިނަ ކްލަބްތަކުން ވަނީ ޖޫން މަހު ސީޒަން ފެށުމަށް ފެންނަކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ޖޫން މަހު ސީޒަން ފަށާކަމެއް އަދި އެފްއޭއެމުން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ޖޫން މަހު ސީޒަން ފަށާގޮތަށް ހަމަޖެއްސިކަން އެފްއޭއެމުން އިއުލާންކުރާނެއެވެ.

އެފްއޭއެމުން އިއުލާންކޮށްފައިވާ ގޮތުން އަންނަ އަހަރު ސީޒަން ފަށާނީ ޗެރިޓީ ޝިލްޑް މެޗުންނެވެ. އެގޮތުން އަންނަ އަހަރު ޗެރިޓީ ޝިލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކޮށް، އެ މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ.ތިމަރަފުށި އަދި ލީގު ޗެމްޕިއަން ޓީސީ ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
0%
50%
25%
0%
ކޮމެންޓް