ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 21:55
ގައުމީ ފިރިހެން ވޮލީ ސްކޮޑު
ގައުމީ ފިރިހެން ވޮލީ ސްކޮޑު
ވީއޭއެމް
ގައުމީ ވޮލީ ސްކޮޑު
ގައުމީ ވޮލީބޯޅަ ސްކޮޑާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފި
 
ފިރިހެން އަދި އަންހެން ކުޅުންތެރިންނަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައި

ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ސްކޮޑުގައި ހިމެނެން ބޭނުންވާ ކުޅުނުންތެރިންނަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފުރުސަތު ހުޅުވާލައިފިއެވެ.

ވީއޭއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ގައުމީ ސީނިއާ ފިރިހެން އަދި ޖޫނިއާ ފިރިހެން ޓީމުގެ އިތުރުން ގައުމީ ސީނިއާ އަންހެން އަދި ޖޫނިއާ އަންހެން ޓީމުގައި ހިމެނެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވީއޭއެމްއިން ބުނީ އަންނަ އަހަރު ގައުމީ ޓީމުތައް ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ސްކޮޑުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

 

އެގޮތުން ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ވޮލީބޯލް އެސޯސިއޭޝަންގެ އޮފީހުންނާއި، ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށްވެސް ވީއޭއެމުން ބުނެއެވެ.

އެހެންނަމަވެސް މި ހުޅުވާލެވުނު ފުރުސަތުގައި ގައުމީ ޓީމަށް ކުޅުމަށް ކޯޑްއޮފް ކޮންޑެކްޓްގައި ސޮއިކޮށް، އެގުރިމަންޓް ކުރެވިފައިވާ ކުޅުންތެރިން އަލުން ފުރުސަތަށް އެދެން ނުޖެހޭނެ ކަމަށް ވީއޭއެމް އިން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ވޮލީބޯޅަ ކަލަންޑަރު އިއުލާނުކުރަން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނަގައިގެން ކުރިއަށްދާނީ ރަނގަޅު އުސޫލެއްގެ ދަށުން ކަމަށާއި ޖޫނިއާ އާއި ސީނިއާ ޓީމުތަކުގެ ޕްރެކްޓިސްތައް އެކުގައި ކުރިއަށްގެންދަންވެސް ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް