ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 17:53
ކުޓީނިއޯ (ކ) އަދި އެމްބަޕޭ (ވ)
ކުޓީނިއޯ (ކ) އަދި އެމްބަޕޭ (ވ)
ޓްވިޓަރ
އެމްބާޕޭ - ކުޓީނިއޯ
ކުޓީނިއޯ ދިނުމަށްފަހު އެމްބާޕޭ ހޯދަން ބާސާއިން މަސައްކަތް ކުރަނީ
 
އެމްބަޕޭ އަދި ކުޓީނިއޯ ހޯދަންވެސް ގިނަ ކްލަބްތަކުން މަސައްކަތް އެބަކުރޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ދިނުމަށްފަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮން ބެލޮންއިން ބުނީ ބާސާއިން އެމްބާޕޭ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ކުޓީނިއޯ ދިނުމަށްފަހުވެސް އެ ކްލަބުން އެމްޕާބޭ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބާސާގެ އިތުރުން އެމްބާޕޭ ހޯދަން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު އެހެން ކްލަބްތައްވެސް ހިމެނެއެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިޔަރު ފެށި އެމްބާޕޭ ވަނީ އެޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ފްރާންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު، ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 63 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފަ އެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް ޓީމަށް 28 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ފްރާންސްއާއެކު ކާމިޔާބުކުރުމުގެ އިތުރުން އެ މުބާރާތުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް