ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 14:19
ލިވަޕޫލްއަށް ކުޅެމުން އަންނަ ޗެމްބަލިން
ލިވަޕޫލްއަށް ކުޅެމުން އަންނަ ޗެމްބަލިން
ގެޓީ އިމޭޖަސް
އޮކްސްލެޑް ޗެމްބަލިން
އަށް މަހަށް ފަހު ޗެމްބަލިން ލިވަޕޫލްގެ ފަރިތަކުރުންތަކަށް
 
ޗެމްބަލިންއަށް އަނިޔާވީ މިދިޔަ ޗެމްޕިއަންސް ލީގުގައި

ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފިލްޑަރު އޮކްސްލެޑް ޗެމްބަލިން އަށް މަހަށް ފަހު އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.

މިދިޔަ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެމްބަލިން އަށް ވަނީ އަނިޔާވެފައެވެ. އޭނާ އަށް އަނިޔާވީ މެޗުގައި ރޯމާގެ އެލެކްޒެންޑާ ކޮލަރޯވް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.

ޗެމްބަލިންގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވާއިރު، ސަލާމަތްވާން ސާޖަރީއެއް ވެސް ވަނީ ހަދާފައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ސީޒަނުގެ ބޮޑުބައި ގެއްލިފައިވާއިރު، އޭގެ ތެރޭގައި ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ވެސް ހިމެނެއެވެ.

އުމުރުން 25 އަހަރުގެ ޗެމްބަލިން ހޯމަ ދުވަހު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އަށް މަސް ދުވަހަށް ފަހު ދަނޑަށް ނިކުމެވުމުން ވަރަށް ތަފާތު އިހުސާސުތަކެއް ކުރެވޭ ކަމަށެވެ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alex Oxlade-Chamberlain (@alexoxchamberlain) on

އާސެނަލް ދޫކޮށް މި ސީޒަނަށް 35 މިލިއަން ޕައުންޑަށް ލިވަޕޫލް އަށް ބަދަލުވި ޗެމްބަލިން ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 42 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެމްބަލިން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ސައުތްހެމްޕްޓަނުންނެވެ. އޭނާ އެ ކްލަބަށް 43 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބުކުރުމަށް ފަހު އާސެނަލް އަށް ބަދަލުވީ 2011 ވަނަ އަހަރެވެ.

އެގޮތުން އޭނާ ވަނީ އާސެނަލް އަށް ކުޅުނު 198 މެޗުގައި 20 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ޓީމާ އެކު އެފްއޭކަޕް ތިން ފަހަރު އަދި ތިން އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް